އެކިދުވަސްކޮޅު އެކިއެކި ކަންކަން ވައިގައި ހިފައި މަގުބޫލުވެގެން ދެއެވެ. ދާދި އިހަކަށް ދުވަހު ޑަލްގޯނާ ކޮފީއިން ފެށިގެން، ދޮލަނގު ކޮފީވެސް ވުޖޫދަށް އައިސް ދިވެހިންގެ ހިތްތަށް ފަތަހަ ކުރުމަށްފަހު ގޮއްސިއެވެ. މިހާރު މިއޮތީ އެހެން މޫސުމެއް އައިއްސައެވެ. ކަމަކު ދާކަށް ނެތެވެ. ހެނދުނު ތެދުވެ ފޭސްބުކް ހުޅުވާލިއިރު މީހުންތައް މިތިބަ ރޮނީއެވެ.
މިވީގޮތެއް އެނގޭހެއްޔެވެ؟ އެއްބަޔަކަށް ފޭސްބުކުން މުޅިން އަލަށް ތައާރަފް ކުރި "ކެއަރ ރިއެކްޓް" ނުލިބިގެން ހިތާމަ ފާޅުކުރަނީއެވެ. އަނެއްބަޔަކަށް މި ރިއެކްޓް ލިބިގެން އުފަލުން ފޮޅެނީއެވެ. ކޮންމެ އަކަސް ރުޅި އާއި ހިތާމަ އަދި އުފާވެރިކަން މި "ކެއަރ ރިއެކްޓް" އަށްޓަކާ މީހުން މިތިބަ ބަންޑުން ކުރަނީއެވެ.
ކޮވިޑް-19 ގެ ބިރުވެރިކަން އިންތިހާއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި، ގޭގައި ލޮކްޑައުންވެގެން ތިބެން ޖެހޭއިރު، ފޭސްބުކްއިން ތައާރަފް ކުރި "ކެއަރ ރިއެކްޓް" އެހެން ގޮތަކުން ބުނާނަމަ "ހަގް އެމޮޖީ" އާއި މެސެންޖާރ އެޕްއިން މުޅިން އަލަށް ކުރެވެންފެށި "ޕަލްސޭޓިން ހާރޓް" ރިއެކްޓް ގެ ސަބަބުން ދުރުގައި ތިބި ރައްޓެހިންނަށް ހިތްވަރުދީ، ހާލު ބަލައި ވާހަކަ ދައްކާލުން މިއަދު ވަރަށްވެސް ޝައުގުވެރި ކަމަކަށް ވެއްޖެއެވެ.
މުޅި ދުނިޔެއަށް މި އާ ފީޗާރސްތައް ލިބެމުންދާއިރު އަދި ތިބާގެ ފޯނަށް މި ރިއެކްޓްސްތައް ނުލިބިގެން ރޯކަށް ނުވެއެވެ. ދެންވެސް އަވަހަށް ފޭސްބުކާ، މެސެންޖަރ އެޕް އަޕްޑޭޓް ކޮށްލާށެވެ.



