އެވަޓާރގެ ބަލިމަޑުކަމުގައި ނުޖެހިތިބި މީހުން އަތްމައްޗައް!

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން އަރައި ނުގަނެވެނި އުޅެނިކޮއް އަނެއްކާވެސް މިވަނީ މީސްމީޑިއާގައި އިތުރު ބަލިމަޑުކަމަކާއި ކުރިމަތިލާން ޖެހިފައެވެ. ކޮވިޑާ ގުޅުންނެތަސް ދަންނަވަން މިއުޅެނީ ފޭސްބުކް އިން އަލަށް ތައާރަފުކުރީ ފޭސްބުކް އެވަޓާރ ފީޗާގެ ވާހަކައެވެ.

ފޭސްބުކް އެވަޓާރ އޭ ބުނުމުން ނޭގޭނެ މީހަކު މިހާރު މަދުވާނެއެވެ. މުޅި ސޯޝަލް މީޑިއާގައި އެއް އަޑަކަށް ހިފާފައި ވަނީ އެވަޓާރގެ ވާހަކައެވެ. މުޅި ފޭސްބުކް ނިއުސްފީޑް ފުރާލާފައި ވަނީވެސް މިބުނި އެވަޓާރ ތަކުންނެވެ. އާއެކެ، ދިވެހިން ހަމަރަނގަޅަށްވެސް މީގެ އަވައިގައި ޖެހިއްޖެއެވެ.

މި ފީޗާގެ އެހީގައި އެމީހަކު ބޭނުން ގޮތަކަށް އެމީހެއްގެ "އެވަޓާ" ތައްޔާރު ކޮށްލެވެނޭއެވެ. އެގޮތުން އެވަޓާ ފީޗާ ބޭނުން ކޮށްގެން އަމިއްލަ އެވަޓާ ތައްޔާރުކުރާއިރު ހަންގަނޑުގެ ކުލަ ބޭނުން ކުލަޔަކަށް ބަދަލުވެސް ކޮށްލެވޭނެއެވެ. އިސްތަށިގަނޑުވެސް ބޭނުން ގޮތަކަށް ބެހެއްޓޭނެއެވެ. ފޭސްބުކް އެވަޓާ ފީޗާ ތައާރަފު ކުރުމާއެކު ދެތިން ގަޑިއިރު ތެރޭގައި އެ ފީޗާ ވަނީ ޓްރެންޑަކަށް ވެފައެވެ. އެގޮތުން އެތައް ބަޔަކު އަންނަނީ އެވަޓާ ފީޗާގެ އަޖުމަ ބަލަމުންނެވެ. މުޅި ނިއުސްފީޑްގައި އޮތީ އެވަޓާ ފީޗާ ބޭނުންކޮށްގެން އަމިއްލަ މީހާ ކުރަހާލާފައި ހުރި ފޮޓޯތަކޭ ބުނުމަކީވެސް މުޅިން ގޯސް ވާހަކައަކަށް ނުވާނެއެވެ.

ކޮންމެއަކަސް މިއޮތީ ދިވެހިންނަށް އަނެއްކާވެސް އިތުރު ވަބާ އަކާއި ކުރިމަތިލާން ޖެހިފައެވެ. ފޭސްބުކަށްވެދެ އެވަޓާރއެއްގެ ލޮލުގައި އަޅައިނުގަނެ ކުރިއަށް ހިނގައި ނުގެނެވޭވަރަށް ދިވެހިން ވަނީ މިކަންތައް ބޮޑު ކޮށްލާފައެވެ. މިހާރު އުފެދޭ ސުވާލަކީ ތިޔައިގެ ތެރިން އެވަޓާރގެ ބަލިމަޑުކަމުގައި ނުޖެހިތިބީ ކިތައް ދިވެހިންބާއެ! އަޅެ، މިވަބާގައި ނުޖެހޭ ދިވެއްސަކު ހުރިނަމަ ނިކަން އަތް މައްޗައް ނަގާލަދީބަލާށެވެ.!

މިލިޔުން ކިޔާލުމުން
511
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ