މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ދެކުނަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.

ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިރޭގެ 22:00 ދަންވަރު 03:00 އަށް ވައިޓް އެލާޓް ނެރެފައިވަނީ ލ. އަތޮޅުން އައްޑޫ ސިޓީއަށެވެ. އެއިދާރާއިން ނެރެފައިވާ މިއެލާޓްގައި ބުނެފައިވަނީ، މިވަގުތުތަކުގައި އެލާޓު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުންވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ކުރިއަށް އޮތް ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުކަން ދެއްވުމަށްވެސް މެޓްއޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.

މިދުވަސްކޮޅު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދަނީ ވައިޓް އެލާޓު ނެރެމުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ