ޣައްޒާއިން ރައްދުގައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފި

އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް ބޮންއަޅަމުން ދަނިކޮށް، ފަލަސްތީންގެ ޣައްޒާއިން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ޣައްޒާއިން ދިން ރޮކެޓް ހަމަލާއެއް އިސްރާއީލްގެ އަޝްކްލޯންގެ އިމާރާތަކަށް އަމާޒުވެ 60 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ. އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ ގިނައިރުތަކެއް ނުވަނީހެވެ. މީގެ އިތުރަށް އިސްރާއީލްގެ ސިދުރޯޓްގެ އިމާރާތަކަށް ދިން ހަމަލާއެއްގައި އަނިޔާވި 50 އަހަރުގެ ފިރިހެނަކަށް ވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އިއްޔެ ޣައްޒާއިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގައި ތިން މީހަކު ޒަހަމްވިއިރު އޭގެތެރެއިން އެކަކުގެ ހާލު ސީރިއަސްއެވެ. އިތުރު ހަމަލާއެއް އިސްރާއީލްގެ އަޝްކްލޯންގެ ބަހަކަށް ވެސް ވަނީ އަމާޒުވެފައެވެ. މި ހަމަލާގައި އެ ބަހުގެ ޑްރައިވަރަށް އަނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އިސްރާއީލުން ޣައްޒާ އަށް ހަމަލާދޭން ފެށާފައިވަނީ ޣައްޒާތެރެއިން 300 އަށް ވުރެން ގިނަ ރޮކެޓް އިއްޔެ ހެނދުނު އިސްރާއީލަށް އަމާޒުކޮށް ފޮނުވާލިކަމަށް ބުނެއެވެ. އިސްރާއީލުން ރައްދުގައި ޢައްޒާގެ 120 ތަނަކަށް ވައިގެ މަގުން ޣައްޒާއަށް ހަމަލާތަކެއް ދީފައިވާއިރު އޭގެ ތެރޭގައި ހަމާސް ޖަމާއަތުގެ ޓަނެލްތަށް ވެސް ހިމެނޭ ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލުން ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ޣައްޒާ އަށް ހަމަލާ ދޭ އިރު 2014 ވަނަ އަހަރު ޖުލައިމަހު ޣައްޒާގެ އާންމުންގެ ދިރިއުޅޭ ސަރަހައްދުތަކާ، ހޮސްޕިޓަލްތަކާ، ސްކޫލްތައް ފަދަ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީ އެ ހަމަލާތަކުގައި 20000 އަށް ވުރެ ގިނަ ފަލަސްތީނުގެ އާންމުން ޝަހީދު ކޮށްލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ