އއ. ހިމަންދޫ ބަނދަރު

ހިމަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލައިފި

އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ހިމަންދޫ ބަނދަރު ހެދުމުގެ މަސްރޫޢަކީ 2019 ވަނަ އަހަރުގެ މާރޗު މަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް ޑެވަލަޕްމަންޓުން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އަށް ހަވާލުކޮށްފައިވާ މަސްރޫޢުއެކެވެ.

އެމްޓިސީސީން ވިދާޅުވީ މި ޕްރޮޖެކްޓުގެ ދަށުން 28030 ކުއިބިކް މީޓަރުގެ ބޮޑު ސަރަޙައްދެއް ކޮނެފައިވާކަމަށެވެ. މި ޕްރޮޖެކްޓު ނިމުނުއިރު ބަނދަރާއި ޖެހިގެން ޕޭވްމަންޓެއް ހަދައި ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކުރެވިފައިވާނެ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ވިދާޅުވެފައެވެ. އަދި ބަނދަރުގެ އަރިމަތި ތޮށިން ބޭރު ތޮއްޓަށް ދެވޭ ގޮތަށް ވަނީ ކުޑަ ފާލަމެއް ހަދާފައެވެ.

މި މަސްރޫޢު އަކީ 47.1 މިލިއަން ރުފިޔާއަށް އެމްޓީސީސީ އަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. ބަނދަރުގެ މަސައްކަތް އެމްޓީސީސީން ނިންމާލާފައިވަނީ 20 އެޕްރީލް 2020 ގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ