ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް

ކޮވިޑް-19 އާ ގުޅޭގޮތުން ކުރަމުންގެންދާ އެންމެހައި ޚަރަދުތަކުގެ ތަފުސީލު ފިނޭންސަށް ރިޕޯޓުކުރުމަށް އަންގައިފި

ކޮވިޑް-19 އާ ގުޅޭގޮތުން ކުރަމުންގެންދާ އެންމެހައި ޚަރަދުތަކުގެ ތަފުސީލު މިނިސްޓްރީ އޮފް ފިނޭންސަށް ރިޕޯޓުކުރުން އެ މިނިސްޓްރީން ސަރުކާރުގެ އެންމެހާ އިދާރާތަކަށް އަންގައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސުން މިއަދު ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކުންނާއި އިދާރާތަކުން އަދި އިދާރާތައް އެކުއެކީ ކުރަމުން ގެންދާ އެންމެހައި މަސައްކަތްތަކާއި ކަންކަން، ކުރަމުންގެންދަނީ، ކޮރަޕްޝަނުގެ ޢަމަލުތަކުން ދުރުވެފައިވާ ވެއްޓެއްގައިކަން ޔަޤީންކުރުމަށްޓަކައި ކޮވިޑް-19 އާއި ގުޅޭ އެންމެހައި ޕްރޮކިއުމަންޓްތައް ހިންގުމުގައި އަންނަނިވި ކަންކަމަށް، މިހާރަށްވުރެންވެސް ބޮޑަށް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އިތުރު ޚާއްސަ ސަމާލުކަމެއް ދެއްވުން އެދޭކަމަށެވެ.

މިކަންކަންކަމުގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސުންވަނީ10 ކަމެއް ފާހަގަ ކޮށްފައެވެ. މި 10 ކަންތަކަކީ:

1- ދައުލަތުން ޚަރަދުކުރަން ޖެހޭ ކަންކަން ނިންމުމުގެ ބާރު އެއްފަރާތުގައި ނުބޭއްވުން
2- ކޮވިޑް-19 އާ ގުޅިގެން ނިންމާ ނިންމުންތަކާ ގުޅޭ ތަފުސީލުތައް ލިޔެ ކިޔުމުން ފެންނަން އޮތުން
3- ކޮވިޑް-19 އާ ގުޅޭގޮތުން ކުރަމުންގެންދާ އެންމެހައި ޚަރަދުތަކުގެ ތަފުސީލު، މިނިސްޓްރީ އޮފް ފިނޭންސަށް
ރިޕޯޓުކުރުން
4- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އިމަޖެންސީ ޕްރޮކިއުމަންޓުގެ ޙާލަތްތަކުގެ ދަށުން
ޕްރޮކިއުކުރާއިރު، އެކަންކަން ކުރެވެނީ ކަނޑައަޅާފައިވާ އެންމެހައި އުޞޫލުތައް ފުރިހަމައަށް ތަންފީޒުކޮށްގެންކަން
ކަށަވަރުކުރުން.
5- އިމަޖެންސީކޮށް ހަދަންޖެހޭ އެއްބަސްވުންތައް ހަދާ ޙާލަތްތަކުގައިވެސް، އެފަދަ އެއްބަސްވުންތަކުގައި
ހުންނަންޖެހޭނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 52.10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެ އަސާސީ
މިންގަނޑުތައް އެ އެއްބަސްވުންތަކުގައި ހިމެނުން
6- އެކި މަސައްކަތްތަކުގައި ޒިންމާވާ ފަރާތްތައް ސާފުކޮށް ކަނޑައެ ޅި ލިޔެވިފައިހުރުން
7- މަސައްކަތް ޙަވާލުކުރެވޭ ކުންފުނިތަކާއި ފަރާތްތަކަކީ، އެ ފަރާތުގެ އަޞްލީ މަސައްކަތުގެ އިޚްތިޞާޞްގައި އެފަދަ
މަސައްކަތް ހިމެނޭ ފަރާތެއްކަން ޔަޤީންކުރުން
8- ކާރިސާގެ ޙާލަތުގައި ދައުލަތަށް ހޯދާ ޚިދުމަތާއި ތަކެތި ދައުލަތަށް ހޯދަނީ، ރައްޔިތުންގެ ފުރާނަ އާއި، ސަލާމަތާއި
ރައްކާތެރިކަން ޔަޤީންކުރުމުގައި، ޢާންމު މަޞްލަޙަތު އިސްކުރެވި، ކާރިސާގެ ވަގުތަށް ބަލާފައި އެކަށީގެންވާ
އަގެއްގައިކަން ކަށަވަރުކުރުން.
9- ކުއްލި ޙާލަތުގައި ކުރެވޭ ޕްރޮކިއުމަންޓުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޢަމަލުކުރުމުގެ
ގޮތުން ކޮންޓްރެކްޓެއް ޙަވާލުކުރުމުގެ ކުރިން އެކަމަށް ހުއްދަ ހޯދަންޖެހޭ ފަރާތެއްގެ ހުއްދަ ހޯދުން
10- ީލަމެއް ހަވާލުކުރުމަށްފަހު، މާލިއްޔަތު ގަވާއިދުގެ 53.10 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން އެ އިދާރާއެއްގެ ވެބްސައިޓުގައި އެކަން ޝާއިޢުކުރުން

މިނިސްޓްރީ އޮފް ފިނޭންސުން މިފަދަ ސަރކިއުލާއެއް ނެރެފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންގެންދާ ބަޔެއް މަސައްކަތްތަކުގައި ކޮރަޕްޝަނުގެ އަމަލު ހިމެނެމުންދާކަމަށް ސަރުކާރަށް ތާއީދުކުރާ ބަޔެއް މަޖުލިސް މެންބަރުންނާއި އަދި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ