ގއ ވިލިނގިލި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި އެވެ.
މިނިސްޓްރީ އޮފް ނޭނަޝަނަލް ޕްލޭނިން އެންޑް ޑެވަލޮޕްމަންޓުން 2019 ވަނަ އަހަރުގެ އޮގަސްޓު މަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރި މި ވިލިނގިލި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވަނީ 17 އެޕްރީލް 2020 ގައެވެ. މި މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2019 ޑިސެމްބަރ މަހުގައެވެ.
މި ޕްރޮޖެކްޓުގެ ދަށުން އެރަށުގެ ފަޅުން 7985 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ހިއްކައި 346 މީޓަރުގެ ސަރަހައްދެއްގައި ބްރޭކް ވޯޓާ ގާއިމް ކޮށްފައިވެއެވެ. އަދި 30 މީޓަރުގެ ފާލަމެއްވެސް ވަނީ ގާއިމް ކޮށްފައެވެ.
މި މަސައްކަތަށް ޖުމްލަ 10.6 މިލިއަން ރުފިޔާ ވަނީ ޙަރަދުކޮށްފައެވެ.



