ހުޅުމާލޭގައި ބަހެއްގެ ދަށުވެ އަންހެނަކު މަރުވެއްޖެ

ހުޅުމާލޭގައި ދުއްވި ބަހެއް މަގުމަތިން ހިނގާފައި ދިޔަ ޓޫރިސްޓް އަންހެނެއްގެ ގައިގައި ޖެހި އޭނާ މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 6:37 ހާއިރު ހުޅުމާލެ ފިތުރޯން މަގުން ހިނގާފައި ދިޔަ ޔޫކްރެއިންގެ 31 އަހަރުގެ އަންހެނެއްގެ ގައިގާ އެމްޓީސީސީގެ ބަހެއް ޖެހިފައި ވަނީ ބަސް ޑްރައިވަރަށް ނިދިގެން ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މަރުވި ޔޫކްރެއިންގެ އަންހެންމީހާ އަކީ ހުޅުމާލޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ކަމަށާއި، މި އެކްސިޑެންޓްގައި އަންހެން މީހާ މަރުވީ، ބަސް ދަށުވެގެން ކަމަށެވެ.

ހުޅުމާލޭ ފިތުރޯނުމަގުގައި ހުންނަ އެފްއެސްއެމް ފިއުލް ސަޕްލައި ޝެޑް ކައިރީގައި މި އެކްސިޑެންޓް ހިނގިއިރު، ބަހުގައި ދެތިން މީހަކު ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބަސް ޑްރައިވަރު މިހާރު ފުލުހުން ހައްޔަރުކޮށް ތަހުޤީޤު ފަށާފައިވާއިރު، ބަސް ދުއްވަން އިން ޑްރައިވަރަކީ ބަސް ދުއްވުމުގެ ލައިސަންސެއް އޮތް ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ސް

    ތި ދޫކޮށްލާނެ އެއްދުވަސް ވަނީ. ތިކަހަލަ ޤައުމު ހަލާކް ވަނީ. އެ ހެޔޮ ޑުވާލަކު 40 މީހިން ގައިގަ ބަސް ޖައްސާފަ ދިޔަސް އެއްދުވަސް ވާނީ ދޫކޮށްލާނެ. މި ފަދަ ލާއިންސާނީ މީހުންގެ ތެރެއިން އަހަރެމެން ސަލާމަތް ކުރައްވާށި. އެމީހުނަގެ އާއިލާއަށް މިފަދަ ކަމެއް ދިމާވީމަ އިހްސާސް ކުރެވޭނީ.

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ