ރައީސް ނަޝީދު މަޖިލީހުގެ ގޯތިތެރޭގައި ހުރި ގަސްތަކަށް ފެންދިނުމުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޖަލްސާގެ ހުސްވަގުތު ކޮޅު މަޖިލީހުގެ ގޯތި ތެރޭގައި ހުރި ގަސްތަކަށް ފެންދޭ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެއްޖެއެވެ.

މި ފޮޓޯތައް ޓްވީޓް ކުރައްވާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިޙާދުއެވެ. ފޮޓޯތައް ޓްވީޓް ކުރައްވަމުން މެންބަރު ނިހާދު ވިދާޅުވެފައިވަނީ ޖަލްސާގެ ހުސްވަގުތު ކޮޅުގެ ބޭނުން ނަޝީދު ހިއްޕަވަނީ މަޖިލިސް ގޯތި ތެރޭގެ އެކިއެކި ކަންކަން އިންތިޒާމް ކޮށް ބެލެހެއްޓެވުމުގައި ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދަޢުރުގެ 23 ވަނަ ޖަލްސާ އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަނީ ވެބް ކޮންފަރެންސް މެދުވެރިކޮށެވެ. މި ގޮތަށް ޖަލްސާތައް ބޭއްވުމަށް ނިންމާފައިވަނީ ކޮވިޑް-19ގެ ނުރައްކަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރުމަށްޓަކައެވެ.

މަޖިލީހުން މިއަހަރުގެ ކުރީ ކޮޅު ބޭއްވި ބައެއް ޖަލްސާތަކުގައި ކޮވިޑް އާއި ގުޅޭ ގޮތުން މަޖިލީހުގެ ރައީސް ރަޝީދު ދެއްކެވި ވާހަކަ ފުޅުތަކަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވިއެވެ.

 

މިލިޔުން ކިޔާލުމުން
13111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ