މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

މިރޭވެސް ބޮޑު ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފި

ދިވެހިރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިރޭވެސް ބޮޑު ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން މިރޭގެ 07:00 ން މިރޭގެ 11:00 އަށް ނެރެފައިވާ މިވައިޓް އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ.

އެގޮތުން އެލާޓްނެރެފައިވާ ގަނޑިތަކުގައި މިސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓްއޮފީހުގެ އެލާޓްގައިވެއެވެ.

ކުރިއަށް ގަޑިތަކަށް މޫސުން ލަފާކޮށް މެޓްއޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާކެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން  ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓްއޮފީހުން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ކަނޑުތައް  އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް މެޓްއޮފީހުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ