އިޔާޒު ޔުމްނާއަށް - މިދަނޑިވަޅުގައި މާތް ﷲ ރުހިވޮޑިގެންނުވާ ކަންތައްތަކުން ދުރުވުން ކީއްތޯ؟

ކޮވިޑް-19 އާއި ގުޅިގެން ޤައުމަށް ދިމާވެފައިވާ މިހިތްދަތި ދަނޑިވަޅުގައި މާތް ﷲ ރުހިވޮޑިގެންނުވާ ކަންތައްތަކުން ދުރުވުމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އަލްފާޟިލާ ޔުމްނާ މައުމޫނަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ނަޞޭޙަތްތެރިވެވަޑައިގެންފިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މާލީ ގޮތުން އަސަރުކޮށްފައިވާ ރާއްޖޭގެ އާޓިސްޓުން ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމަށް ޔުމްނާ އެދިފައިވާއިރު، މިދަނޑިވަޅުގައި ކުރިމަތިވެފައިވާ އަޑިގަނޑުން ރާއްޖޭގެ އާޓިސްޓުން އަރައިގަތުމަށް އިކޮނިމިކް މިނިސްޓާރު ފައްޔާޒް އިސްމާއީލް ވާހަކަ ދެކެވިފައިވާކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އާޓިސްޓުނަށް ލޯން ސްކީމަށް ހުޅުވާލަދޭނެކަން ފައްޔާޒް ޔަޤީންކޮށްދެއްވާފައިވާކަންވެސް ޔުމްނާވަނީ ހާމަކުރައްވާފައެވެ.

ޔުމްނާގެ މިވާހަކަތަކަށް ރައްދު ދެއްވައި ޑރ. އިޔާޒްވަނީ މިފަދަ ބޮޑު އިމްތިޙާނެއް ކުރިމަތިވެ، ދިރި ހުރުމާއި މަރުގެ ތުންފަތްމަތީގައި ޤައުމު އޮތްއިރު މާތް ﷲ ރުހިވޮޑިގެންނުވާ ކަންތއްތަކުން ދުރުހެލިވުމަށް ގޮވާލާފައެވެ.

އަދި އެކަކު އަނެއްކަކަށް ވަސިއްޔަތްކޮށް، ކާނެ އެތިކޮޅު ނުލިބިފައިތިބި މިސްކީނުންނަށް އެހީތެރިވުން މާ އަޢުލާކަން ބޮޑުކަމުގައި އިޔާޒް ވިދާޅުވިއެވެ.

ކޮވިޑް-19 މާލޭގައި ކޮމިއުނިޓީ ސުޕްރެޑްއަކަށް ގޮސްފައިވާއިރު، މިބަލިން ރައްކާތެރިވުމަށް މުޅި ރާއްޖެވަނީ ލޮކްޑައުން ކުރެވިފައެވެ. އެއާކު އާމްދަނީ ލިބޭނެ ގޮތެއްގެތި އެތަށްބަޔަކުވަނީ ހާލުގައި ޖެހިފައެވެ. އިޤްތިސާދީގޮތުން ބޮޑު އަޑިގަނޑަކަށް ރާއްޖެ ވެއްޓިފައިވާ މިދަނޑިވަޅުގައި ސަރުކާރުން ރައްޔިތުންނަށް ގިނަ އެހީތަކެއް ވެދެއްވަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
53
ގުޅުންހުރި ލިޔުންތައް

4 Responses

  1. 817

    Aharenge anhenunakee Geygeah goes Qur’an kiyavaidhey meeheh. Ujoora dheny athah, Bank statement akun ekameh nufennaane, ekamaku Loan libeukah neiy…

    • ބޭންކް

      ލޯނު ނަގާއެއްްޗެއްނޫން

  2. ...

    kaley yaa kon beyhey kamey. Aharen burugaa lahn vee ma igey ni aheren na

  3. މައުމޫން

    ޔުމްނާ ކަމަނަ މި ރޯދަމަހު ބުރުގާ އަޅާބަލަ.

    6
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ