ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ ގުޅިވަޑައިގަންނަވަން ނޫޅުއްވާ ކަމަށް ރައީސް މައުމޫނުގެ ދަރިކަނބަލުން ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޔުމްނާ މިފަދައިން ވިދާޅުވެފައިމިވަނީ، ރައީސް މައުމޫނު އިދިކޮޅާއި ގުޅިވަޑައިގަންނަވާކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށް ބުނެ، ރާއްޖެ އެމްވީގައި ލިޔެފައިވާ ހަބަރަކަށް ރައްދު ދެއްވަމުން ކުރެއްވި ޓްވީޓެއްގައެވެ.
ރާއްޖެއެމްވީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މައުމޫނު 2023ގެ ކުރިން ޕީޕީއެމް/ޕީއެންސީ ކޯލިޝަން އާ ގުޅެ އެތެރެން ނިންމާފައިވާ ކަމަށާއި، އަދި އިދިކޮޅުން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހު ބާއްވާ އެއްވުންތަކުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ނިސްބަތްވާ މެމްބަރުން ބައިވެރިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
މިކަމަށް ރައްދު ދެއްވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ، އެމް.އާރް.އެމް އިން މި ފަދަ ނިންމުމެއް ނިންމާފައެއް ނުވާ ކަމަށާއި އަދި މި ފަދަ މަޝްވަރާއެއް ވެސް ކޮށްފައެއް ނުވާ ކަމަށެވެ. އަދި މިއީ ހަގީގަތް އޮޅުވައިލުމަށް ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
"އެމް.އާރް.އެމް އިން މި ފަދަ ނިންމުމެއް ނިންމާފައެއް ނުވޭ. އަދި މި ފަދަ މަޝްވަރާއެއް ވެސް ކޮށްފައެއް ނުވޭ. މިއީ ހަގީގަތް އޮޅުވައިލުމަށް ބަޔަކު ދައްކާ ވާހަކަ." މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.
އެމް.އާރް.އެމް އިން މި ފަދަ ނިންމުމެއް ނިންމާފައެއް ނުވޭ. އަދި މި ފަދަ މަޝްވަރާއެއް ވެސް ކޮށްފައެއް ނުވޭ. މިއީ ހަގީގަތް އޮޅުވައިލުމަށް ބަޔަކު ދައްކާ ވާހަކަ. @MRM_Office @MrmWomenCouncil @MRM_Youth https://t.co/3lzWeagI8u
— Yumna Maumoon (@yumna_maumoon) March 10, 2021




ހިޔާލު
film nime iru onnaanee gulhifa