މަޝްރަހު ގޯސްވެފައިވާ އިޒްރޭލު އަދި ގައްޒާއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިއްޖެކަމަށް ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް މިއަދު އާދެވިފައި މިވަނީ ފާއިތުވެދިޔަ ތިންދުވަހުގެ ވަރުގަދަ ހަމަލާ ބަދަލުކުރުން ތަކަކަށް ފަހުގައެވެ. މި ހަމަލާ ބަދަލުކުރުންތަކުގައި ގައްޒާގެ 23 މީހެއްގެ އިތުރުން އިޒްރޭލުގެ 4 މީހަކު މަރުވެފައި ވެއެވެ.
ދެފަރާތުން މިފަދަ ނިންމުމަކަށް އާދެވިފައި މިވަނީ މިސްރާއި އަދި ގަތަރު އިސްވެ އޮވެ ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ގައްޒާއަކީ އިޒްރޭލުން ދަތިކުރުމުގެ ފިޔަވަޅު ވަރަށްބޮޑަށް އަޅައިފައިވާ އެކަމުގެ ސަބަބުން ގައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައްވެސް ލިބުން ދަތިވެފައިވާ ފަލަސްތީނުގެ ސިޓީއެކެވެ.




