ކޮޅިގަނޑުގައި ވާދޫއަށް ލިބުނު ގެއްލުން- ފޮޓޯ ވާދޫ ކައުންސިލް

ކޮޅިގަނޑެއްގައި ވާދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ރ.ވާދޫއަށް ރޭފަތިހު އައިި ކޮޅިގަނޑެއްގައި ރަށަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ވަދޫ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަހުމަދް ޒިޔާއު ފެށުމަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރަށުން ބޮޑެތި ގިނަ ގަސްތަކެއް ވެއްޓި ބައެއްގޭގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި މީގެއިތުރުން ފުރާޅުމައްޗަށް ބައެއް ގަސްތައް ވެއްޓުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތަށް ލިބުނުއިރު، ގަދަ ވަޔާއެކު ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައިވާކަމަށެވެ.

މިކަމުގެ ސަބަބުން ރަށު ސްކޫލަށްވެސް އެކިވަރުގެ ގެއްލުންތަށް ލިބިފައިވާއިރު ސްކޫލްގައި ރާނާފައިވާ ބައެއް ކުދި ފާރުތައް ވެސް ވެއްޓިފައިވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ. އަދި ގެއެއްގެ ފާރު ވެއްޓުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި ހަރުކޮށްފައިވާ ހޮޅިދަނޑިއެއްވެސް ވަނީ މި ކޮޅިގަނޑުގައި ވެއްޓިފައެވެ.

މި ކޮޅިގަނޑުގައި އެރި ގަދަވައިގެ ސަބަބުން ލެއްޕެން އުޅުނު ދޮރެއް ހިފަހައްޓަން މަސައްކަތް ކުރުމުގެ ތެރޭގައި މީހެއްގެ އަތްފިތި އަތަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެނޫން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތު އަދި ލިބިފައިނުވާކަމަށްވެ ޒިޔާއު ވިދާޅުވިއެވެ.

ޒިޔާއު އިތުރަށް ވިދާޅުވީ ރަށުގައި ފައިބާރ މަސައްކަތް ކުރާ ހަރުގެއަށް ގެއްލުން ލިބިފައިވާ ކަމަށާއި އަދި ފެނަކަ ކޮމްޕިއުޓަރ ސިސްޓަމް އަށް ބައެއް ގެއްލުންތައް ލިބިފައިވާ ކަމުގެ މައުލޫމާތު ލިިބިފައިވާކަމަށެވެ.

"ގާތްގަނޑަކަށް ރަށުގެ %90 ގޭގެއަށް އެކިވަރުގެ ގެއްލުން ލިބިފައި އެބަހުރި" ޒިޔާއު ވިދާޅުވިއެވެ.

މި ހާދިސާގެ ހަބަރު މިހާރުވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައިކަމަށާއި ރަށުގެ އާންމުހާލަތަށް ރުޖޫއަ ވުމަށްޓަކައި ރައްޔިތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޒިޔާއު ވިދާޅުވިއެވެ.

R.vaadhoo miadhu Fathihuge kolhigaduga libunu baeh gehllunthah.

Posted by R.vaadhoo on Tuesday, May 5, 2020

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ