ސިވިލް ކޯޓު ހިންގަމުންދާ ޖަސްޓިސް ބިލްޑިންގ - ފޮޓޯ: ސަން

ސާމްޕަލް ދިނުމަށް ހަތަރު މީހެއްގެ މައްޗަށް ކޯޓުން އަމުރުކޮށްފި

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އިންކާރުކުރި ހަތަރު މީހެއްގެ މައްޗަށް ސާމްޕަލް ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން މިރޭ އަމުރުކޮށްފައިވަނީ، 4 މީހެއްގެ މައްޗަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ދިނުމަށާއި، އެކަން ތަންފީޒު ކުރުމަށް ފުލުހުންނާއި ޞިއްޙީ ފަރާތްތައްކަށް އަމުރުކުރުމަށެވެ.

ކޮވިޑް-19އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ޢެޗްޕީއޭ) އިން އެދިގެން ސާމްޕަލް ދިނުމަށް ސިވިލް ކޯޓުން މިހާތަނަށް 11 ފަރާތެއްގެ މައްޗަށް އަމުރު ނެރެފައިވެއެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދިނުމަށް ބަޔަކު ދެކޮޅު ހެދުމުން އެފަރާތްތައް ބާރުގެ ބޭނުންކޮށްގެން ޓެސްޓް ކުރުމަށް ސިވިލް ކޯޓުން އަމުރުކުރިއިރު، ކަރަންޓީނު ފެސިލިޓީއަކުން ބަޔަކު ވަނީ އިއްޔެގެ ވަގުތެއްގައި ފިލާފައެވެ.

މި ނުރައްކާތެރި ދަނޑިވަޅުން އަރައިގަތުމަށްޓަކައި މުޅި ރާއްޖެ ފުރަބަންދުކޮށްފައިވާއިރު، ހުއްދަނެތި ދަތުރުފަތުރުކުރުން ވަނީ މަނާކޮށްފައެވެ. މި އަމުރާ ހިލާފުވެގެންވެސް ގިނަ ބަޔަކު ހައްޔަރުކުރަން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ