ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

20000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރަނީ

20000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކަށް އަނެއްކާ ވެސް މި ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފައި ކަމަށެވެ. ކުރިން ވެސް ޑެޕިއުޓީ މިނިސްޓަރުން ފެށިގެން މަތީގެ މުސާރަތަކުގެ 20 ޕަސެންޓް ކުޑަކޮށްފައި ވާނެ ކަމަށާއި އެހެންނަމަވެސް އިޤްތިޞާދަށް ކުރާނެ އަސަރުތައް އަދިވެސް ބޮޑުވެދާނެތީ މުސާރައަށް ބަދަލު ގެނައުމަށް ނިންމީ ކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ދައުލަތުގެ މުސާރަތަކުން 20000 ރުފިޔާ އަށް ވުރެ ދަށް އެއްވެސް މުސާރަ އަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެގޮތުން 20000 ރުފިޔާ އާއި 25000 ރުފިޔާ އާއޮ ދެމެދުގެ މުސާރަތަކުން 25 ޕަސެންޓު ކުޑަ ކުރައްވާނެ ކަމަށާއި 25000 ރުފިޔާ އާއި 60000 ރުފިޔާ އާއި ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60000 ރުފިޔާއިން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކުޑަ ކުރައްވާނެ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ބަދަލާއިއެކު ދަޢުކަތުގެ ޚަރަދުން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ކުޑަވެގެންދާނެ ކަމަށެވެ.

މުސާރަ ކުޑަ ކުރާނީ އަސާސީ މުސާރަ 20000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކުގެ ކަމަށާއި އެވަރުގެ ބޭސިކް މުސާރައެއް ލިބޭ ސިވިލް ސާރވިސް މުވައްޒަފެއް ނުހުންނާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅު ތަކުގެ ތެރެއިން ކުރިންވެސް ވަނީ ސްޓޭޓް މިނިސްޓަރުން ފެންވަރުގެ މަތީގެ ފަރާތްތަކާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ