ރާއްޖޭގެ އިންފްލޭޝަން މިއަހަރު މަތިވާނެ: ފިނޭންސް މިނިސްޓަރ

ދިވެހިރާއްޖޭގެ އިންފްލޭޝަން މިއަހަރު މަތިވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، 2020 ވަނަ އަހަރުގެ ބޭސް އިފެކްޓްގެ ސަބަބުން 2021 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން މަތިވާނެ ކަމަށާއި އިންފްލޭޝަން ހުންނާކަމަށް ލަފާކުރެވެނީ 2.3 އިންސައްތަ އާއި 2.5 އިންސައްތަ އާއި ދެމެދު ކަމަށެވެ.

އެހެންނަމަވެސް 2020 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ރާއްޖޭގެ އަގުތައް ދަށްވަމުން ދިޔަކަމަށާއި 2021 ވަނަ އަހަރުގެ ފުރަތަމަ ތިން މަހުވެސް އަގުތައް ދަށްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިންފްލޭޝަނަކީ އިމްޕޯޓެޑް އިންޕްލޭޝަން ކަމުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ހެޔޮވުމުން ރާއްޖޭގެ އަގުތައް ދަށްވެގެން ދިޔަ ކަމަށާއި ރޯދަމަހު ކާބޯތަކެތީގެ ތެރެއިން ބައެއް ތަކެތީގެ އަގު ސަރުކާރުން ކޮންޓްރޯލު ކުރުންވެސް ވެގެން ގޮސްފައި ވަނީ އަގުތަށް ދަށްވެގެން ދިޔަ މައިގަނޑު އެއް ސަބަބަށް ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ އަމީރު ވިދާޅުވީ، ތިން މަހުގެ ޑިސްކައުންޓް ކަރަންޓު ބިލްތަކުންނާއި ދެ މަހުގެ ޑިސްކައުންޓު ފެން ބިލްތަކުން ދިނުމުގެ ސަބަބުން އަގުތައް މައްޗަށް އަރައިގެން ދިއުން ކޮންޓްރޯލް ކުރެވުނު ކަމަށާއި ސަރުކާރުގެ ލޯނު މޮރޮޓޯރިއަމްގެ ސަބަބުން ކުލިތައް ކުޑަކުރެވުނު ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ