ކެމިކަލް ފެކްޓްރީއަކުން ގޭސް ލީކުވެ 13 މީހުން މަރުވެއްޖެ

އިންޑިއާގެ ދެކުނުގެ އަންދުރަ ޕުރަދޭޝް ސުޓޭޓުގެ ވިޝާކަޕަޓްނަމް ސިޓީގައި ހުންނަ ޕްލާސްޓިކް އުފައްދާ ފެކްޓްރީއަކުން ގޭސް ލީކުވެ 13 މީހުން މަރުވެއްޖެއެވެ.

ރޭ ދަންވަރު ހިނގި މިހާދިސާގައި ގޭސް ލީކްވެފައިވަނީ ވިޝާކަޕަޓްނަމް ސިޓީގައި ހުންނަ އެލްޖީ ޕޮލިމާރސް ފެކްޓްރީންނެވެ. އަދި މިހާދިސާ ހިނގިއިރު ގިނަބަޔަކު ތިބީ ނިދާފައި ކަމަށް މައުލޫމާތު ލިބެއެވެ.

ޑޮކްޓަރުން ބުނެފައިވަނީ ގޭހުގެ އަސަރުކުރި ގިނަ މީހުން ޝަކުވާ ކޮށްފައިވަނީ ނޭވާލުމަށް އުނދަގޫ ވެގެންނާއި އަދި ލޮލުން ދިލަ ނަގާތީ ކަމަށެވެ. މިހާރު މި ފެކްޓްރީ ހުރި ސަރަހައްދުގައި ދިރިއުޅޭ މީހުންވަނީ އެހެން ހިސާބުތަކަށް ބަދަލުކޮށްފައެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ގޭސް ލީކްވާން ދިމާވީ ފަރުވާކުޑަކަމުގެ ސަބަބުން ކަމަށް ގަބޫލު ކުރެވެއެވެ.

ގޭސް ލީކްވުން މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު، މިހާދިސާ ހިނގަން ދިމާވި ހަގީގީ ސަބަބު ދެނެގަތުމުގެ ތަހުގީގެއް ކުރަމުންދާ ކަމަށް އެލްޖީ ކުންފުނިން ބުނެއެވެ.

މައުލޫމާތު ލިބޭގޮތުގައި ފެކްޓްރީން ލީކްވެފައިވަނީ ޓޭންކްތަކުގައި ރައްކާކޮށްފައިހުރި ސްޓްއިރިން ގޭހެވެ. މި ގޭހުގެ އަސަރު އއިންސާނާގެ ހަށިގަނޑަށް ކޮށްފިނަމަ ބޯއެނބުރުމާއި، މޭނުބައިކުރުމާއި، އަދި ނޭވާލުމުގެ ދަތިތައް ކުރިމަތިވެދާނެކަމަށް ތަޖުރިބާކާރުން މައުލޫމާތު ދެއެވެ.

މިހާދިސާ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ އިމަރޖެންސީ ޑިސާސްޓާ މީޓިންއެއްވެސް ބާއްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ