"ބޭތާލް"ގެ ޓްރެއިލާ މިއޮތީ، ބިރުން ފިއްކަނޑައިގެން ދާވަރުވޭ!

ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް އިން ގުޅިގެން ގެނެސްދިނުމަށް ހަމަ ޖެހިފައިވާ ބިރުވެރި ވެބް ސީރީޒް "ބެތާލް"ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފިއެވެ. މިއީ ޝާހްރުކް އާއި ނެޓްފިލްކްސް ގުޅިގެން ގެނެސްދޭ ދެވަނަ ވެބް ސީރީޒްއެކެވެ.

"ބެތާލް" އޮންލައިން ސްޓްރީމްކޮށް ނެޓްފިލްކްސްއިން ދައްކަން ފަށާ ތާރީޙަކީ މި މަހުގެ 24އެވެ. މީގެ ކުރިން "ބެތާލް" ގެ ފަސްޓް ލުކްވެސް ދައްކާލައިފައިވެއެވެ.

ޒޮމްބީން އުޅޭ، ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ހަދާފައިވާ މިސީރީޒް ޑައިރެކްޓްކޮށްފައި ވަނީ ޕެޓްރިކް ގްރަހަމާއި ނިކިލް މަހާޖަނެވެ. އަދި ސީރީޒްގެ މެއިން ކާސްޓުންނަކީ އަހާނާ ކުމްރާ އާއި ވިނީތު ކުމާރް ސިންގްއެވެ.

ޓްރެއިލާއިންވެސް ބިރުވެރި މަންޒަރުތަކެއް ފެނިގެންދާއިރު، މި ސީރީޒްގައި ކިޔައިދެނީ، "ބެތާލް" ނަމަކަށް ކިޔާ ތާރީޙީ ފަރުބަދައެއްގެ ވާހަކައެކެވެ. ޓްރެއިލާއިން ފެންނަ ގޮތުން، މި ފަރުބަދައިގެ އަޑީގައި އިންނަ ބަންދުވެފައިވާ "ޓަނަލް" އަކީ، ބިރުވެރި ކަންތައްތަކެއް ހިނގާ ތަނެކެވެ. އަދި އެ ފަރުބަދައިގައި މީހުންވެސް ދިރިއުޅޭއިރު، ސަރުކާރުގެ މަސައްކަތަކަށް އެ ޓަނަލް ހުޅުވުމަށް ސިފައިންގެ ބަޔަކު ގޮސް އެމީހުން އެތާތެރޭގައި ތާށިވެ ހިނގާ ބިރުވެރި ހާދިސާތަކެއް ޓްރެއިލާއިން ފެނިގެންދެއެވެ. އަދި މަރުވުމަށްފަހު ހަށިގަނޑު "ޒޮމްބީ" އަށް ބަދަލު ވާތަންވެސް ފެނިގެންދެއެވެ.

ޝާހްރުކާއި ނެޓްފްލިކްސް ގުޅިގެން އެންމެ ފުރަތަމަ ގެނެސްދިން ސީރީޒަކީ ލީޑު ރޯލުން އިމްރާން ހާޝިމީ ލީޑުން ފެނިގެންދިޔަ، 2018 ގެ "ބާޑް އޮފް ބްލަޑް" އެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ