ފުވައްމުލަކު ސިޓީގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑި، މުޅި ސިޓީ ކަނު އަނދިރީގައި ވާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
ފެނަކަ ކޯޕަޜޭޝަން ފެނަކަ ބްރާންޗުން ހާމަކުރައްވާފައިވާ ގޮތުގައި، ފުވައްމުލަކު ސިޓީއިން ކަރަންޓް ކެނޑިފައިވަނީ ދިމާވި ކުއްލި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.
"މައްސަލަ ބަލައި ކަރަންޓް ދޫކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދޭ. މިކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ރައްޔިތުންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން." ފެނަކަ ފުވައްމުލައް ސިޓީ ބްރާނޗުން ވިދާޅުވިއެވެ.
ދިމާވި ކުއްލި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުޅި ރަށުން ކަރަންޓް ކެނޑުން! މައްސަލަ ބަލައި ކަރަންޓް ދޫކުރުމުގެ...
Posted by FENAKA Fuvahmulah on Friday, May 8, 2020
ފުވައްމުލަކުން ވާހަކަދެއްކި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ފުވައްމުލަކު ސިޓީއިން ކަރަންޓް ކެނޑިފައިވަނީ ފަތިހު 04:30 ހާއިރު ކަމަށާއި، އަދިވެސް ސިޓީގެ އެއްވެސް ސަރަހައްދެއްގައި ކަރަންޓް ނެތް ކަމަށެވެ.
އަޕްޑޭޓް:
ފުވައްމުލަކަށް ކަރަންޓު ދިނުމަށް ބޭނުންކުރި ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓް ކެނޑުނު ނަމަވެސް، މިހާރު ވަނީ ފުވައްމުލަކު ސިޓީއަށް އަލުން ކަރަންޓު ފޯރުކޮށްދީފައެވެ.




ހިޔާލު
Dhuvaalu current kenduneema ves many adhireega ba. Iru ves naarany tha current nethyma