ފޮރިންގ މިނިސްޓަރ ޝާހިދު - ފޮޓޯ: ފޮރިންގ މިނިސްޓަރީ

ލަންކާ ވިސާގެ މައްސަލަ ހައްލުވާނެކަމުގެ އުއްމީދު އެބައޮތް: ފޮރިން މިނިސްޓަރ

ލަންކާއަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން ރެސިޑެންސް ވިސާ ބޭނުންވާ ފަރާތްތަކަށް މިހާރު ދަތިވެފައިވާ ތަތިތައް ހައްލު ކުރެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ އިތުބާރުގެ މައްޗަށް ބިނާކޮށް ވިސާގެ މައްސަލަ ހައްލު ކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމުގައެވެ.

ލަންކާއަށް މިދިޔަ މަހު 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު ސަލާމަތީ ކަންކަން ވަރުދަގަ ކުރުމުގެ ގޮތުން އެގައުމުގެ ވިސާގެ ކަންކަން ވަނީ ހަރުކަށިކޮށްފައެވެ.

އެގޮތުން ދިވެހިންވެސް ރެސިޑެންސް ވިސާ ބޭނުންނަމަ އެގައުމަށް އެތެރެވެވޭނީ ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީއަށް ހުށަހަޅައި ވިސާ ހަމަޖެހުމުންނެވެ. ކުރިން އޮންނަ ގޮތުން އޮން އެރައިވަލް ވިސާގައި ލަންކާއަށް އެތެރެވެ އެގައުމުގައި ތިބެގެން ވިސާ ހަމަޖެއްސެއެވެ.

ލަންކާގައި އެކި ބޭނުންތަކުގައި ވަޒަން ވެރިވެގެން ރެސިޑެންސް ވިސާގައި 15000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭކަމަށް ލަފާކުރެވެއެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ބައްދަލު ކުރެއްވުމަށްވަނީ ނިންމަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ