އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު | ފޮޓޯ: މިހާރު

އެސްޓީއޯގެ އެމްޑީ އަމްރު ނަންގަވަނީ މުސާރައިގެ 50 އިންސައްތަ

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ނަންގަވަނީ މުސާރައިގެ 50 އިންސައްތަ އެވެ.

އެސްޓީއޯގެ އޮފިޝަލަކާއި ހާވާލާދެއްވައި އޮންލައިން ނޫސް "ދުވަސް" ގައި ބުނެފައިވަނީ މުސާރައިގެ 50 އިންސައްތަ އަމްރު ނަންގަވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މިގޮތަށް އަމަލުކރައްވަމުން ގެންދަވަނީ ކޮވިޑް-19 ގެ އިގްތިސާދީ ދަތިކަމުގެ ހާލަތުގައި ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ކަމަށްވެސް އެނޫހުގައި ވަނީ ބުނެފައެވެ.

މިދުވަސްވަރު ކުންފުނިތަކުގެ ވެރިންގެ މުސާރަ ކުޑަ ކުރުމަށް ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހްސާން ވަނީ ސޯޝަލް މީޑިއާގައި ޗެލެންޖް ފައްޓަވައިފިއެވެ. އެގޮތުން އޭނާގެ މުސާރައިން 43 އިންސައްތަ ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށް އިޙްސާން ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ހެޕީ މާކެޓުގެ އެހެން މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިޙްސާން ވަނީ މުސާރަ ކުޑަ ކުރެއްވުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ޗެއާރމަން ދަގެނތި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް) ގެ އަރިހުން އެދިލައްވާ މި ޗެލަންޖަށް ކުންފުންޏެއްގެ ވެރިއެއް ނޮމިނޭޓު ކޮށްދެއްވުމަށް އެދި ލައްވާފައެވެ.

އެގޮތުން ނާޒިމް ވަނީ މުސާރައިން 50 އިންސައްތަ ކުޑަ ކުރުމަށް ނިންމައި ރިޕަބްލިކް އިންޖީނިއަރިންގ މޯލްޑިވްސް މެނޭޖިންގ ޑިރެކްޓަރ އެ ޗެލެންޖްގައި ބައިވެރިވުމަށް ނޮމިނޭޓް ކުރައްވާފައެވެ. އެބޭފުޅާވެސް ވަނީ ޗެލެންޖު ގަބޫލުކުރައްވައި މުސާރައިގެ 50 އިންސައްތަ ކުޑަކުރެއްވިކަމަށް އިޢުލާން ކުރައްވާފައެވެ.

މި ޗެލުންޖުގައި ބައެއް އެހެން ކުންފުނި ތަކުގެ ވެރިންވެސް ވަނީ ބައިވެރިވެ މުސާރަ ކުޑަ ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ