ކޮވިޑް-19 ޖެހުނު އިތުރު މީހަކު ރަނގަޅުވެއްޖެ

ދިވެހިރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު މީހަކު އެބަލިން ރަނގަޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް-19 ޖެހުނު މީހަކު މިއަދު ވަނީ ރިކަވާ ވެފައި ކަމަށާއި އެއީ ކޭސް 86 ކަމަށެވެ.

"މީގެ އިތުރުން އެކަކު ވަނީ ޑީއެޗް 11 އިން ދޫކޮށްލައިފައި. މިހާރު އެތާނގައި ތިބީ ތިން މީހުން." ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 835 މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދުވަނީ 30 އަރައިފައެވެ. އަދި މިބަލީގެ އެކްޓިވް ކޭސަސްގެ އަދަދަކީ 803 އެވެ. މީގެތެރެއިން ތިންމީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 835 މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 276 އެވެ. އަދި ބިދޭސީންގެ އަދަދަކީ 559 އެވެ. ބިދޭސީންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ވެފައިވަނީ ބަންގުލަދޭޝް މީހުންނާއި އިންޑިއާ މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ