ސީޕީ ހަމީދުއާއި ވައްތަރު ބޭފުޅަކު ޕާޓީކުރާ ވީޑިއޯއެއް ލީކްކޮށްލައިފި

ދިވެހިރާއްޖޭގެ ޕޮލިސް ކޮނިޝަނަރ މުޙައްމަދު ހަމީދުއާއި ވައްތަރު ބޭފުޅަކު އަންހެނުންތަކަކާއެކު ޕާޓީކުރާ ވީޑިއޯއެއް ލީކްކޮށްލައިފިއެވެ.

ސީޕީ ހަމީދު އާއި ވައްތަރު ބޭފުޅަކު ޕާޓީ ކުރާ މަންޒަރުގެ ވީޑިއޯ ލީކް ކޮށްލާފައިވަނީ "އެނޮނިމަސް އެމްވީ" ގެ ނަމުގައި ހިންގަމުންދާ ޓްވިޓަރ އެކައުންޓަކުންނެވެ.

"އެނޮނިމަސް އެމްވީ" އިން މިރޭ މެންދަމު ވީޑިއޯ ލީކްކޮށް، ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަނީ ސީޕީ ހަމީދު އާއި އެމަނިކުފާނުގެ އަންބިކަނބަލުން ކަމަށެވެ.

"ކޮވިޑް-19 ގެ މި ދަނޑިވަޅު، ކޮމިޝަނަރު މުޙައްމަދު ހަމީދު އަދި އަނބިކަނބަލުން ނަޒީހާ އަހްމަދު މަސްތުގެ ހާލަތުގައި ނަށަނީ. ހާއްސަ ފެނިލުމެއްގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު (އޮގަރު އައްޔަ)." އެނޮނިމަސްގެ ޓްވީޓްގައި ބުނެފައިވެއެވެ.

ސީޕީ ހަމީދުއާއި ވައްތަރު ބޭފުޅަކު މަސްތުވެ ޕާޓީކުރަމުންދިޔަ ތަނެއްގައި އުޅުއްވާ ވީޑިއޯ މިރޭ ލީކް ކޮށްލުމުގެ ކުރިން، އެ ޓްވިޓަރ އެކައުންޓުން މިމަހުގެ 9 ވަނަ ދުވަހު ވަނީ މިކަމާ ގުޅޭ ފޮޓޯތައް އާއްމުކޮށްފައެވެ.

ސީޕީ ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަޙްމަދަކީ ރައީސް ޞޯލިޙްގެ އަނބިކަނބަލުން ފަޒުނާ އަޙްމަދުގެ ކޮއްކޮއެވެ. އަދި ރައީސް ނަޝީދާއި ސީޕީ ހަމީދުގެ އަނބިކަނބަލުންނަކީ ދެބެންގެ ދެދަރިންނެވެ. ރައީސް ނަޝީދު ވަނީ ހަމީދުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ. 

"އެނޮނިމަސް އެމްވީ" އިން އެންމެ ފުރަތަމަ އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް ސަރުކާރަށް އިންޒާރު ދިނުމަށްފަހު، ޖެހިގެން އައި ދުވަހު ޓްވިޓާގައި އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ސީޕީ ހަމީދު ކަމަށް ބެލެވޭ މީހަކު، އަންހެނުންނާއެކު ނައިޓް ކްލަބެއް ފަދަ ތަނެއްގައި ޕާޓީކުރަމުންދާ ތަނެވެ. ނަމަވެސް މި ފޮޓޯތަކާ ގުޅިގެން ސީޕީ ހަމީދު އަދި ފުލުހުންވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ސީޕީ ހަމީދު އާއި ވައްތަރު ބޭފުޅެއްގެ ވީޑިއޯ ލީކް ކޮށްލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރެއްގެ ފޮޓޯއެއް މާދަމާ ލީކް ކޮށްލާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މިލިޔުން ކިޔާލުމުން
17528135
ގުޅުންހުރި ލިޔުންތައް

5 Responses

  1. Taki moona

    CP hameedhaa wife aa ogaru Ayya ves Haadha vahtharey dho? Vahtharu 3 meehun eh video ehga!

  2. Easaafulhu

    Tiya kiyanee vahthareythaa, verikan kuri meehaku muruthahdhu kaafaraku lavvaa dhivehi muslimaku moya kollan Sihuru hedhuvi kamah seedhaa emeehaabuni massalaeh Police ah hushaelhi vaahakaves kiyaa adu ehin….. Vee thanegga massalavee Dhaulaiy malhaalaigen luteyru filaifi… He he he

    • މީހެއް

      Egoiy kamunugosgen dhoa migothah badhalu genaee

    • Dhivesseh

      Egoiy kamunugosgen dhoa mi gothah haedhee. Fennanee kuriah vure goa koh hen eba heevey

  3. Neel

    Haadha vaththarey…

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ