އައްޑޫ ސިޓީ މަރަދޫ ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.
އައްޑޫސިޓީގެ މަރަދޫ ސިއްހީ މަރުކަޒުގެ އަޮފީސް ފަޅާލައި އެތަނުގެ ތިޖޫރީ ވަގަށް ގެންގޮސްފައިވަނީ ރޭ ދަންވަރުގެ ވަގުތެއް ގައިކަމަށް މި ނޫޙަށް ވަނޫ މަޢުލޫމާތު ލިބިފައެވެ.
ތިޖޫރީ ވަގަށް ނަގާފައިވަނީ ސިއްޙީ މަރުކަޒު ކުޑަ ދޮރެއް ހަލާކު ކޮށްކައިގެން ވަދެއެވެ. ސިއްޙީ މަރުކަޒުގެ އިތުރު އެއްވެސް މުދަލަކަށް ގެއްލުމެއް ދިފައި ނުވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ވަގަށް ގެންދިޔަ ތިޖޫރީގައި ހުންނާނީ 900 އެއްހާ ރުފިޔާ ކަމަށް ސިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުﷲ ޠޮއްޔިބް ވިދާޅުވިއެވެ.
މަރަދޫ ސިއްހީ މަރުކަޒުގެ ބައެއް ފަރާތްތަކުގައި ވަށާފާރު ރާނާފއި ނުވާތީ އެކިފަހަރު މަތިން ވަށާފާރު ރޭނުމަށް އެދި މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންނަނީ ތަހްގީގު ކުރަމުންނެވެ.




