ސަމާލުވޭ: މިހަފްތާގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ

މި ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރަމުންދާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އިރުއުތުރުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އަތޮޅުތަކަށް ގިނައަދަދަކަށް ބޯވިއްސާރަވިލާ އަރަމުންދާ ކަމަށެވެ. އަދި މީގެއިތުރުން ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަޢަދަދަކަށް ވިއްސާރަވިލާ ދަނީ އުފެދެމުން ކަމަށެވެ. އަދި މިދުވަސްވަރަކީ އާންމުގޮތެއްގައި ރާއްޖެއަށް ހުޅަނގުމޫސުމުގެ ވިއްސާރަކުރަން ފަށާދުވަސްވަރު ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

އެހެންކަމުން، މި ހަފްތާގެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރަމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިވިއްސާރައިގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި އާންމުވައި ގަދަވެ، ކަނޑުތައް އާންމުގޮތެއްގައި ގަދަވުމުގެ ފުރުސަތު ބޮޑު ކަމަށް މެޓް އޮފީހުން ހާމަ ކުރައްވައެވެ.

ވިމާ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ