ކޮވިޑް-19: އިންޑިޔާގައި ބަލިޖެހުނު މީހުންގެ ޢަދަދު 70 ހާހައްވުރެ މައްޗަށް

އިންޑިޔާގައި ކޮވިޑް-19 ޖެހުނު މީހުންގެ 70 ހާހައްވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑް-19ގެ ތަފާތު ހިސާބުތަކަށް ބަލާއިރު، މިއަދު މިވަގުތާއި ހަމަޔަށް އިންޑިޔާގައި ކޮވިޑް-19 ޖެހުނުމީހުންގެ އަދަދު ވަނީ 70,827 އަރާފައެވެ. އަދި މިބަލީގައި އެޤައުމުގައި މަރުވި މީހުންގެ ޢަދަދު ވަނީ 2,294 އަށް އިތުރުވެފައެވެ.

އިންޑިޔާގައި ޖެނުއަރީ މަހުގެ ތެރޭގައި ކޮވިޑް-19 ފުރަތަމަ ފަހަރަށް ފެނުނު ފަހުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު 10،000 އަށް އިތުރުވާން ނެގީ 43 ދުވަހެވެ. އެޢަދަދު 20،000 ން 30،000 އަށް އިތުރުވާންނެގީ އެއްހަފްތާއެވެ. އަދި 40،000 އަށް އިތުރުވާންނެގީ ފަސް ދުވަހެވެ. އަދި 50،000 އަށް އިތުރުވާންނެގީ ތިން ދުވަހެވެ. އިންޑިޔާއިން އެންމެ ފަހުން ކޮވިޑް-19 ޖެހުނު 20.000 މީހުން ފެނިފައިވަނީ ފާއިތުވީ ފަސް ދުވަހުގެ ތެރޭގައެވެ.

ޞިއްޙީ މާހިރުން ޤަބޫލުކުރާގޮތުގައި އިންޑިޔާގައި ބަލިފެތުރޭ މިންވަރު އެންމެ ބޮޑަށް އިތުރުވާނީ ނުވަތަ ޕީކަށް ދާނީ ކުރިއަށް އޮތް ހަތަރު ހަފްތާއާއި ހަ ހަފްތާގެ ތެރޭގައެވެ. އަދި ފިނި މޫސުމާ ދިމާކޮށްވެސް އަލުން ބަލި ފެތުރޭނެކަމަށް ބެލެވޭކަމަށް މާހިރުން ޤަބޫލުކުރެއެވެ.

މީގެއިތުރުން އިންޑިއާގައި މާރޗު 24 ވަނަ ދުވަހު އިއުލާންކުރި ފުރަބަންދަށްވެސް މިހާރުވަނީ ލުއިތަކެއް ދީފައެވެ. މިގޮތުން ބައެއް ފިހާރަތަކާއި އޮފީސްތައް ހުޅުވުމުގެ ހުއްދަވަނީ ދީފައެވެ.

އިންޑިއާއަކީ ދުނިޔޭގައި އާބާދީ ދެވަނައަށް އެންމެ ބޮޑު ގައުމަށްވެފައި އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ނިސްބަތުން ދައްވުމުން އެގައުމުގެ ސަރުކާރުން މިބަލި ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ކާމިޔާބުކަން ގިނަ ފަރާތްތަކަކުން ފާހަގަ ކުރެއެވެ. އަދި ހާއްސަކޮށް ގައުމު ފުރަބަންދަށް ގެނެސް ކާފިއު އިއުލާން ކޮށް އެކަން ދެމެހެއްޓުމަށް ފުލުހުންކުރި ބުރަ މަސައްކަތްތައްވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ