މާލޭގައި ބަންދުވެފައި ތިބި ފަރާތްތައް ރަށް ރަށުގެ ކަރަންޓީން ފެސިލިޓީތަކަށް ނުގެންދަން ސަރުކާރުން ނިންމައިފި އެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަރ ޖެނަރަލް އާދަމް ޝަރީފު ވިދާޅުވީ މާލެ ސާރޖަކަށް ދާތީވެ، މާލޭން މީހުން ދިރިއުޅޭ ރަށް ރަށަށް މީހުން ބަދަލު ކުރުމަކީ މިވަގުތަށް އެހާ ރައްކާތެރިކަމެއް ނޫންކަމަށް އެޑްވައިޒަރީ ގްރޫޕުން ލަފާދެއްވާފައި ވާތީވެ، މިވަގުތަށް ރަށް ރަށަށުގައި ހުރި ކަރަންޓީން ފެސިލިޓީތަކަށް މީހުން ނުފޮނުވުމަށް ޕޮލިސީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ.
އެހެންނަމަވެސް ހާލަތު ބަދަލުވެއްޖެނަމަ މިނިންމުން ބަދަލުވުން އެކަށީގެން ވާކަމަށް އާދަމް ވިދާޅުވިއެވެ. އާދަމް ވިދާޅުވީ ސަރުކާރުން މިހާރު ނިންމަފައިވަނީ ކަރަންޓީން ފެސިލިޓީތައް ހޯދައިގެން މާލޭގައި ތާށިވެފައިތިބި ރައްޔިތުން ކަރަންޓީނު ކުރުމަށް ފަހު އެ ރަށް ރަށަށް ފޮނުވުމަށް ކަމަށެވެ. މިހާރުވެސް 500 މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާދަމް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ވަނީ މާލެއިން ރަށް ރަށަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރޭގައި 1444 ފަރާތެއް ސިއްޙީ ބޭނުމަށް މާލެ އައިސް ފުރަބަންދާއިހެދި ރަށަށް ނުދެވި މާލޭގައި ތާށިވެފައި އެބަ ތިބިކަމަށާއި ރިސޯޓު ކަރަންޓީނުން ދޫކޮށްލުމުން ރަށަށް ދާންވެގެން މާލެ އެރިތަނުން ފުރަބަންދު ކުރުމުން ރަށަށް ނުދެވިވާ 363 ފަރާތެއް އެބަ ތިބިކަމަށެވެ. މީގެ އިތުރުން 3258 ފަރާތެއް މާލެއިން ރަށް ރަށަށް ދާން ބޭނުންވާ އެބަހުރި ކަމަށެވެ. އަދި އޭގެ ތެރޭގައި މާލޭގައި ދިރިއުޅުއްވާ ފަރާތްތައް ވަރަށް ބޮޑަށް ހިމެނޭނެކަމަށް ވެސް އާދަމް ވިދާޅުވިއެވެ.
ސަރުކާރުން އިއްޔެ ވަނީ މި ފަރާތްތައް ކަރަންޓީން ކުރުމަށް ބޭނުންވާ ކަރަންޓީން ފެސިލިޓީތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް 5000 މީހުން ރަށް ރަށަށް ދާން ބޭނުންވެގެން ލިސްޓު ކޮށްފައިވާތީވެ ލަސްތަކެއް އުޅޭނެ ކަމަށެވެ.




ހިޔާލު
Maaleyga thibi raahje therey meehun emeehunge vazanah keehve nugengos dhenvee. Kobaa insaafu. Rahyyithunge laarin raahjein beyrugai thibi r
Maleyga dhiriulhey meehunves raahje genaiee. Kobaatha insaafu. Emeehun genagothah raahje therey meehunnves emeehunge vazanah gengos dhen vaane. Emeehunves vote laigenney verin hovee. Adhi veriehge dhariehge jeebun neh noon haradhukureekee. Dhivehi dhaulathun haradhukuree. Mi dhivehi dhaulathuga thibeynee rahyyithun
Vazeefa dhineema kaigen thibi muvahzafun. E muvahzafunnakah rahyyithunnah ehves haisihyyathakun ehves baareh libigen nuvey rahyyithunnah ihaanethi gotheh hadhaakah. Keehvetha hijuree thaareehaai meelaadhee thaareehu olhuvaalan thiulhenee. Balaga thimaage saahabu meehakee e nikamethi rahyyithu meehaayey. Heybalivegen nuthelhibala. Thiyaee rahyyithumeehaage muvahzzafekey. Hama mihaarun mihaarah thi ninmun badhalukoh thimaage fushun hama hama insaafu gaaimu kurumah govaalan. Thimaayah ehves baareh libigen nuvey miraahjeyge gaanoonuge thereinves nahama gothun amalukuraakah. Thiya tye alhuvaafa thi ineeves rahyyithumeeha. Rahyyithumeeha vazeefaa dhineema. Veeiru amihlayah bodaanuvey.