މާލޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާއެއް ހިނގައިފައިވަނީ މާފަންނު، ހުދުކަނީރުގޭގެ ގްރައުންޑް ފްލޯގައި ހުރި ގުދަނެއްގައި ކަމަށެވެ. މިއީ ހާޑުވެއަރ ސާމާނު ރައްކާކޮށްފައިހުރި ގުދަނެކެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެ މިހާރު އަލިފާންގަނޑު ވަނީ ނިއްވާލައިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.