މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

7 އަތޮޅެއް ވައިޓް އެލާޓްގައި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ 7 އަތޮޅަކަށް ވައިޓް އެލާޓު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓްނެރެފައިވަނީ މ. އަތޮޅުން ގދ. އަތޮޅަށެވެ. މިއަދު 15:30 އިން 20:00 އަށް ނެރެފައިވާ މިއެލާރޓްގައި ބުނެފައިވަނީ މިގަނޑިތަކުގައި އެލާރޓްނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަަށެވެ. އަދި މިސަރަޙައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުގެ މިއެލާރޓްގައިވެއެވެ.

ރާއްޖެ އަށް މިދުވަސް ކޮޅު ވިއްސާރަ ވުމުން އެކި އަތޮޅުތަކަށް މޫސުމާއި ބެހޭ އިދާރާއިން ދަނީ ވައިޓް އެލާޓް ނެރެމުންނެވެ.

ކުރިއަށް އޮތް ގަޑިތަކަށް މޫސުން ލަފާކޮށް މެޓްއޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

"ހުޅަނގާއި ހުޅަނގުއުތުރުން އެންމެ ދެކުނުގެ އަތޮޅުތަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، އެހެން ހިސާބުތަކަށް ގަޑިއަކު 06 މޭލާ 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ،  އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މެޓް އޮފީހުން ބުންޏެވެ.

މީގެއިތިރުން މެޓް އޮފީހުން ބުނީ، އެންމެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ