ލާހޫރުގައި ބޮމުގެ ހަމަލާއެއްދީ 8 މީހުން މަރާލައިފި

ޕާކިސްތާނުގެ ލާހޫރުގައި މިއަދު ހެނދުނު ދިން ބޮމުގެ ހަމަލާއެއްގައި އަށްމީހުން މަރާލައިފިއެވެ.

މިހަމަލާ އަމާޒުކޮށްފައިވަނީ، ދާތާ ދަރުބާރު ޝްރައިން ކައިރީގައި އޮތް ފުލުހުންގެ ވެހިކަލަކަށެވެ. މިހަމަލާގައި މަރުވި އަށްމީހުންގެ ތެރޭގައި ފުލުހުންގެ ފަސްމީހަކު ހިމެނޭކަމަށް ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ އާރިފް ނަވާޒް މައުލޫމާތު ދެއެވެ.

މިހަމަލާއަކީ ޖާނުން ފިދާވެގެންދިން ހަމަލާއެއްކަމެއް ނޫނީ އައި.އީ.ޑީ އެއް ބޭނުންކޮށްގެން ދިން ހަމަލާއެއްކަމެއް އަދި ސާފެއް ނުވެއެވެ.

މިހަމަލާގައި މަރުވި ފުލުހުންނަކީ ދާތާ ދަރުބާރުގެ ސެކިއުރިޓީންނަށް ތިބި ފުލުހުންނެވެ. މިހަމަލާއަކީ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ