45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް އެލާޓް ނެރެފި

މޫސުންގޯސްވެ، 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ އުތުރަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށެވެ.

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ވައިޓް އެލާޓު ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށެވެ.

މިސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ހަވީރު 17:00 އާއި ހަމައަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ