ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް "އިންކަމް ސަޕޯޓް އެލެވެންސް" ދިނުމާއިގުޅޭ އުޞޫލު އާންމުކޮށްފިއެވެ.
މި އެލެވެންސްއަކީ ކޮވިޑް-19 ގެ ސަބަބުން ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް، އެފަރާތްތަކުގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ދޭ އެލެވެންސް އެކެވެ.
މި އުޞޫލަށް އަމަލު ކުރަން ފަށާފައި ވަނީ މިއަދުން ފެށިގެންނެވެ.
މި އުޞޫލުގެ ދަށުން އެލެވެންސް ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް ނުރަނގަޅު އަސަރެއްކޮށްފައިވާ ފަރާތްތަކަށާއި، އަދި ރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ދިވެހިންގެ ތެރެއިން، ކޮވިޑް ގެ ސަބުބުން އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށެވެ. އެގޮތުން އެލެވެންސް ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން18 އަހަރާއި65 އަހަރާއި ދެމެދުގެ މީހުންނަށެވެ.
މި އެލެވެންސް ދިނުމަށް ހަމަޖެހިފައިވަނީ 01 މާރިޗު 2020 ގެ ފަހުން ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއިން ވަކި ކޮށްފައިވާ ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށާއި ނޯޕޭ ލީވްއަށް ފޮނުވާލާފައިވާ ފަރާތްތަށެވެ. އެގޮތުން މި ފަރާތްތަކަށް މަހަކު 5،000 ރުފިޔާ އިންކަމް ސަޕޯޓް އެލެވެންސްގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށްވެސް މި އެލެވެންސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިފަދަ ފަރާތްތަކަށް އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ 5،000 ރުފިޔާ އިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު އެލެވެންސްގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެހެން އާމްދަނީ އެއް ލިބޭ ފަރާތެއްނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދު 5،000 ރުފިޔާ އަށްވުރެ މަތިނަމަ އެ އުޞޫލުގެ ދަށުން އެލެވެންސް ނުލިބޭނެއެވެ.




2 Responses
Sarukaarun 5000rf fahaadhuve neganee, balaa**** dheyn beynun nuvanyyaa nudhybala
how to register