ކޮވިޑް-19 އާއި ގުޅިގެން މާލީ ސަބަބުތަކާއި ހުރެ ބިލް ނުދެއްކިއްޖެ ހާލަތެއްގައިވެސް ކަރަންޓުގެ ޙިދުމަތް މެދުކަނޑާނުލާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯ މިހެން ވިދާޅުވީ "މިއަދު" ނޫހުގައި ސްޓެލްކޯއާއި ގުޅޭގޮތުން ޝާއިރުކޮށްފައިވާ ޙަބަރާއި ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.
މިއަދު ނޫހުގައި ”ކަރަންޓު ކަނޑާނެކަމުގެ އިންޒާރު ސްޓެލްކޯއިން ދިނުމުން މީހުން ހަދިޔާކޮށްފައިހުރި ކާއެތިކޮޅުވިއްކައި ބިލް ދައްކަން
ފަށައިފި ކަމަށްބުނެ ޝާއިރުކޮށްފައިވާ ޙަބަރާއި ގުޅިގެން ސްޓެލްކޯ އިން ބުނީ ކޮވިޑާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިމިވާ ހާލަތުގައި މިކުންފުނިން ނިންމާފައިވަނީ ލޮކްޑައުންކޮށްފައިވާ މިކުންފުނިން ހިދުމަތްދޭ ރަށްރަށުގައި އެމުއްދަތުގެ ތެރޭގައި މާލީ ސަބަބުތަކާއި ހުރެ ބިލް ނުދެއްކިއްޖެ ހާލަތެއްގައިވެސް ކަރަންޓުގެ ޙިދުމަތް މެދުކަނޑާނުލުމަށެވެ.
އަދި މިގޮތަށް ނިންމާފައިވަނީ ކަރަންޓަކީ ޒަރޫރީ ބޭނުމަކަށްވެފައި، މިފަދަ ދަނޑިވަޅެއްގައި ކަރަންޓު ކަނޑާލައިފިނަމަ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތި އުނދަގޫތަކަށް ބެލުމަށްފަހު ގައި ކަމަށްވެސް ސްޓެލްކޯ ބުނެއެވެ.
މީގެ އިތުރުން އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސްޓެލްކޯއިން މި ހާލަތުގައި ބިލްތައް އެސްއެމްއެސްގެ ޒަރީއާއިން ފޮނުވަމުންދާއިރު، ކަމާއިބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދާއި އެއްގޮތައް ގޭގައި ތިއްބަވައިގެން ބިލް ދެއްކުމަށްޓަކައި މިކުންފުނީގެ މޯބައިލް އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރުމަށް އިރުޝާދު ދީފައިވާނެ ކަމަށާއި އަދި ބިލްތައް ނުދައްކާ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް އައުޓްސްޓޭންޑިންގ ނުވަތަ ނުދެއްކެވި އޮތް އަދަދު އެސްއެމްއެސްގެ ޒަރީއާއިން ވާނީ ފޮނުވާފައި ކަމަށެވެ. އެގޮތަށް ފޮނުވާފައިވަނީ ގިނަ ފަރާތްތަކުން ނުދެއްކިވާ ބިލްތަކުގެ ތަފްސީލު ހޯދުމަށް އެދެމުންދާތީ ކަމަށްވެސް ސްޓެލްކޯ ބުނެއެވެ.
NOOSBAYAAN: "Miadhu" Noohuga STELCO aa gulhey gothun shaairukohffavaa habaraa gulhey. pic.twitter.com/q8PV8hkUPK
— STELCO (@STELCOMALDIVES) May 13, 2020
ސްޓެލްކޯފަދަ ރައްޔިތުންނާއި ސީދާކޮށް ގުޅިފަވާ ކުންފުންޏަކާއިމެދު ދޮގު ޙަބަރެއް ފަތުރައި، ރައްޔިތުންނަށް އޮޅޭގޮތަށް އަދި ކުންފުނީގެ
ތަސައްވަރު ކިލަނބުވާގޮތަށް "މިއަދު" ނޫހުގައި ޝާއިރުކޮށްފައިވާ ޙަބަރާއި މެދު މިކުންފުނިން ނުހަނު ހިތާމަ ކުރާ ކަމަށާއި އަދި މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދިގެން ހިނގައިދާނެ ފަދަ ޙަބަރުތައް ނުފެތުރުމަށާއި، މިކުންފުންޏާއި ގުޅޭގޮތުން ހަބަރެއް ލިޔުއްވާ ކަމަށްވާނަމަ އަބަދުވެސް މިކުންފުނީގެ ބަހެއް ހޯދުމަށް އެކުންފުނިން އިލްތިމާސް ކުރައްވާފައި ވެއެވެ.
މާލީ ސަބަބުތަކާއި ހުރެ ބިލް ނުދެއްކިއްޖެ ހާލަތެއްގައިވެސް ކަރަންޓުގެ ޙިދުމަތް މެދުކަނޑާނުލާނެ - ސްޓެލްކޯ




