ފޮޓޯ:އެމްއެންޑީއެފް

ނިޔާވި ޤައިދީ ކޮވިޑް-19 އަށް ނެގެޓިވް

ރޭ ހުޅުމާލެ ޖަލުން ނިޔާވި ޤައިދީ ކޮވިޑް 19އަށް ތަޙުލީލު ކުރުމަށްޓަކައި ނެގުނު ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރު ކޮށްދެއްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މިރެއެވެ. ކަރެކްޝަނަލްއިން ވިދާޅުވީ، ނިޔާވި ޤައިދީގެ ނަތީޖާ ނެގެޓިވް ވެފައިވާކަން އެޗްޕީއޭއިން އެ ސަރވިސްއަށް އަންގާފައިވާ ކަމަށެވެ.

ރޭ ހުޅުމާލެ ޖަލުގައި ނިޔާވެފައިވަނީ ހުކުމް ތަންފީޒުކުރަމުންދިޔަ އުމުރުން 92 އަހަރުގެ ފިރިހެނެކެވެ. އެމީހާ ނިޔާވުމާއި ގުޅިގެން ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގާފައިވާއިރު، ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19 ޖެހޭ މީހުންނާމެދު ޢަމަލުކުރާ ހާއްސަ އުޞޫލުގެ ތެރެއިންނެވެ.

މިކަމުގެ މަޢުލޫމާތު ކަރެކްޝަނަލް ސަރވިސްއިން ވަނީ ކަމާބެހޭ އެހެނިހެން އިދާރާތަކަށްވެސް ހިއްސާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ާއާދަމް

    Avas natheeja nerevey iru natheeja affahu kashukamaa kemeege kankan nukuranee keevvetho. Dheravaane kameh.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ