50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ދެކުނަށް ޔެލޯ އެލާޓު ނެރެފި

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ދެކުނަށް ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެންމެ ޔެލޯ އެލާޓް ނެރެފައިވަނީ ވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށް ތަކަށެވެ.

ދެންމެ ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށް ތަކަށް އާންމުކޮށް ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދަށް ވައިގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން މި ސަރަހައްދަށް ޔެލޯ އެލާޓު ނެރެފައިވަނީ މިއަދު 17:00 އިން ފެށިގެން 21:00 އާއި ހަމައަށެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގައި ފެންބޮޑުވެ، ބައެއް ގެތަކަށް މިއަދު ވަނީ ފެންވަދެފައެވެ.

ކުރިޔަށް އޮތް 24 ގަޑިއިރަށް މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއޮ އަދި ބޯކޮށް ވާރޭވެހި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން މެދުތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ހުޅަނގުދެކުނާއި ހުޅަނގުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ