މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަނޓުގެ ހިދުމަތް ކެނޑިއްޖެއެވެ.
މިކަމާއި ގުޅިގެން ސުޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާާލޭގެ ބައެއް ސަރަހައްދުތަކުންވަނީ ކަރަންޓު ކެނޑިފައި ކަމަށާއި ވީއެންމެ އަވަހަކަށް އެމައްސަލަ ހައްލުކޮށް ކަަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން، ސްޓެލްކޯ އިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.
ދިމާވި ޓެކްނިކަލް މާައްސަލައަކާއި ގުޅިގެން މާާލޭގެ ބައެއް ސަރަހައްދުތަކުންވަނީ ކަރަންޓު ކެނޑިފައި. ވީއެންމެ އަވަހަކަށް އެމައްސަލަ ހައްލުކޮށް ކަަރަންޓު ދިނުމުގެ މަސައްކަތް މިދަނީ ކުރަމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން.
— STELCO (@STELCOMALDIVES) May 14, 2020
މާލެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށްޓަކައި ހުޅުމާލޭގައި ސްޓެލްކޯގެ ބޮޑު އިންޖީނުގެއެއް ވަނީ ހަދައިފަ އެވެ.
ހުޅުމާލޭގައި ގާއިމުކުރާ އާ ކަރަންޓް ވިއުގައިގެ މަސައްކަތް މިއަހަރުގެ އޮގަސްޓް ނިމޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. ސްޓެލްކޯ އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމުން މާލެ ސަަރަހައްދުން ކަރަންޓު ކެނޑުމުގެ މައްސަލަ އަށް ހައްލު ލިބޭނެ އެވެ.



