މާލެއަށް ކުރަމުންދާ ވިއްސާރައިގައި އެސްޓީއޯ ފުށް ގުދަނުގެ ފުރާޅު އެއްލާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، އެސްޓީއޯ މާލޭ ފުށް ގުދަނުގެ ފުރާޅު އެއްލާލާފައިވަނީ މިއަދު މާލެއަށް ކުރި ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ކަމަށެވެ.
މިއަދު ކުރި ވިއްސާރައިގައި ފުރާޅު އެއްލާލައިގެން އެސްޓީއޯ ފުށް ގުދަނަށާއި، ގ.ސައްލިގެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މިއަދު މާލޭ ސިޓީއަށް ކުރި ވިއްސާރައިގައި ފުރާޅުތަކެއް އެއްލާލުމުގެ އިތުރުން ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓިފައިވާ ކަމަށާއި، އެ ގަސްތައް ނެގުމުގެ މަސައްކަތް އެއްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ސިފައިން ކުރަމުން ގެންދާ ކަމަށްވެސް އެ ސަރަވިސް އިން ވިދާޅުވިއެވެ.
މިއަދުގެ ވިއްސާރައިގައި ހެންވޭރު ސަހަރާ ކައިރިންނާއި، މާވެޔޮމަގުންނާއި، ވީއޯއެމް ކައިރިންނާއި، މުލިއާގޭ ފުރަގަހުން ކޮއްތުހަޓް ކައިރިން އަދި ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން ބައެއް ގަސްތައް ވެއްޓިފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު، 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް މާލެ ސަރަހައްދުވެސް ހިމެނޭހެން ބޮޑު ސަރަހައްދެއް އޮތީ ޔެލޯ އެލާޓްގައެވެ.

ށ. އަތޮޅުން މ. އަތޮޅަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު ހަވީރު 03:00 ގެ ނިޔަލަށް އެސަރަހައްދަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވޭނެ ކަމަށާއި، ޢާއްމުގޮތެއްގައި ވައި ޖެހޭނީ 28 މޭލާއި 35 މެލާއި ދެމެދުގެ ވަރެއްގައި ނަމަވެސް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
ހިޔާލު
Heyo nuvaane raajje ge miskihthah hulhuvai jamaa athuge namaadhukoh enmen ekiy dua kureveyne gotheh hamajahsavadheyne nama alhughandu aadheyskoh darukaarah dhannavan