ކޮވިޑް-19: އައްޑޫން ނެގި 51 ސާމްޕަލެއް ނެގެޓިވް

މިހާތަނަށް އައްޑޫ ސިޓީން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނެގި 51 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ ވިދާޅުވީ މިހާތަނަށް އައްޑޫން 52 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އޭގެތެރެއިން 51 ސާމްޕަލްގެ ނަތީޖާ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި އަނެއް ސާމްޕަލްގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސޯބެ އިތުރަށް ވިދާޅުވީ، މިދިޔަ ހަފްތާގައި ރިސޯޓުތަކުންނާއި އެހެނިހެން ތަންތަނުން އައްޑޫ ސިޓީއަށް 74 ފަރާތެއް އައިސްފައިވާ ކަމަށެވެ. އަދި ހުއްދަ ލިބިގެން އައްޑޫ އިން މާލެ އާއި އެހެން ރަށްތަކަށް 50 އަށް ވުރެ ގިނަ މީހުން މިދިޔަ ހަފްތާގައި ފުރާފައިވާ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ. މީގެ އިތުރުން 122 މީހަކު ކަރަންޓީނު ފެސިލިޓީތަކުގައި އެބަތިބި ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

 

 

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ