ހުޅުމާލެ ކަނު އަނދިރީގައި - ފޮޓޯ: ކިޔުންތެރިއެއް

މުޅި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތަކު "ފެށުމަށް" ބުނީ، ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިރޭ 10 ޖަހާކަންހާއިރު ކަމަށާއި، އަދިވެސް ކަރަންޓުހެ ޚިދުމަތް ނުލިބޭ ކަމަށެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކަރަންޓް ކެނޑުނު ސަބަބު ބަލައި ހައްލު ހޯދުމަށް މިހާރު މަސައްކަތް ކުރަމުންގެންދާ ކަމަށާއި، ކަރަންޓު އަލުން ފޯރުކޮށްދެވޭނެ ވަކި ވަގުތެއް ދަންނަވަން ނޭނގޭ ކަމަށެވެ.

"ހުޅުމާލެއިން ވަނީ ކަރަންޓު ކެނޑިފައި، ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުންފުނިން ދަނީ ކުރަމުން، ކަރަންޓު އަލުން ފޯރުކޮށްދެވޭނެ ވަކި ވަގުތެއް ދަންނަވަން ދަތި، ވީހާވެސް އަވަހަކަށް ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން." ސްޓެލްކާގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކަރަންޓު ކެނޑެއް ދިމާވީ ކޮން ސަބަބަކާ ގުޅިގެންކަން ސްޓެލްކޯއިން ކަށަވަރުކޮށް ނުދިން ނަމަވެސް، މިނޫހަށް އެނގިފައިވާ ގޮތުގައި މުޅި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް އިއާދަ ނުކުރެވި ލަސްވަނީ ހުޅުމާލެއަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރެއް ފެއިލްވުމާ ގުޅިގެންނެވެ.

މުޅި ހުޅުމާލެ އަނދިރިވެފައިވާއިރު، ހުޅުލެ-ހުޅުމާލެ ހައިވޭގެ ކައިޓްތައްވެސް ނިވި އޮތީ އަނދިރިކަންމަތީގައެވެ. ކަރަންޓް ކެނޑުމާ ގުޅިގެން ގިނަ ބަޔަކު މިހާރު ދަނީ ވަރަށް ބޮޑަށް މީސް މީޑިއާގައި ޝަކުވާ ކުރަމުންނެވެ.

ހުޅުމާލެއިން ކަރަންޓު ކެނޑި މުޅިރަށް އަނދިރީގައި އެތައް އިރެއްވެފައިވާއިރު، ހުޅުމާލެއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ނިމިދިޔަ ސަރުކާރުން ފެށި 50 މެގަވޮޓްގެ ކަރަންޓުގެ މަޝްރޫއު ވަނީ ނިމުމަކާ ގާތްވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް