އުދަ އަރައި ރަސްފަންނު ސަރަހައްދު ހަލާކުވެފައި | ޓްވިޓާ ފޮޓޯ: އިލްހާމް

ވިއްސާރައިގާ ރަސްފަންނަށް ބޮޑެތި ގެއްލުންތަކެއް

އިއްޔެ ކުރި ވިއްސާރައިގާ އުދައަރައި މާލޭ ރަސްފަންނު ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ރަސްފަންނު ސަރަޙައްދުގައި ހަދާފައިވާ ފަން ކުޑަތަކާއި ގޮނޑިތައް ވަނީ ރާޅު އަރައި ހަލާކުވެފައެވެ. އެސަރަޙައްދުގެ ފަސްގަނޑު ވެސް ވަނީ ވަރަށް ގިރާ ލައިފައެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ހުުކުރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ރަސްފަންނު އަދި ސުނާމީ ބިނާ މައިޒާންއަށް ލިބުނު ގެއްލުންތައް ލިބިފައިވާކަމަށެވެ. ގެއްލުން ލިބިފައިވާ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ދާނެ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އުދަ އަރައި ރަސްފަންނު ސަރަހައްދު ހަލާކުވެފައި | ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ރަސްފަންނުގެ އިތުރުން މާލޭ ސުނާމީ ބިނާ ސަރަހައްދަށްވެސް ވަނީ އުދައަރައި ގެއްލުން ތަކެއް ވެފައެވެ. އެސަރަހައްދުގައި ޖަހާފައިވާ ޕޭވްމަންޓް ގާތަށްވެސް ވަނީ ނެއްޓިފައެވެ.

އުދަ އަރައި ސުނާމީ ބިނާ ހުންނަ ސަރަހައްދަށް ގެއްލުންވެފައި | ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މީގެކުރިންވެސް ރަސްފަންނަކީ މޫސުން ގޯސްވާ ދުވަސްވަރުތަކުގައި މިފަދަ ގެއްލުންތައްވާ ތަނެކެވެ. އާންމުކޮށް މޫސުން ގޯސް ދުވަސްވަރު އުދައަރައި ރަސްފަންނު ސަރަހައްދުގެ ފަސްގަނޑު ގިރާލައެވެ.

މިހާރު މުޅި ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގެ އައްޑޫ ސިޓީގައިވަނީ ފެންވެސް ބޮޑުވެފައެވެ. އަދި އެ ސިޓީގެ ބައެއް ގެތަކަށްވަނީ ފެންވެސް ވަދެފައެވެ. އެގޮތުން އައްޑޫ ސިޓީގެ ގުޅިފައިިވާ ރަށްތަކުން 161 ގެއަކަށް ފެން ވަދެ، ގެއްލުން ވެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

މިދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އަދި މެޓް އޮފީސް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ