ޕެންޝަން ފަންޑުގައި ނަގުދު ފައިސާ ހުންނަ ފަންޑެއް ނޫންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، ޕެންޝަން ފަންޑުގެ ވާހަކަދައްކާ މީހުންނަށްވެސް އެފަންޑު ހިނގާ ގޮތް ވަރަށް ރަނގަަޅަށްއެނގޭނެ ކަމަށާއި އެފަންޑުގައި (ލިކުއިޑް ކޭޝް) ނުވަތަ ނަގުދު ފައިސާ ނުހުންނާނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލީ ޙާލަތު ދަށްވެ، ގިނަ ރައްޔިތުން ތަކެއް ފައިސާއަށް ބޭނުންވެފައި މިވަގުތުގައި މިފައިސާ ރައްޔިތުންނަށް ދިނުމަށްއެދި ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
އެގޮތުން ޕެންޝަން ފަންޑުގައިވާ ފައިސާ ރައްޔިތުން ނެގޭގޮތް ހެދުމަށްއެދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ބިލެއްވެސް ހުށަހެޅުއްވިއެވެ. ނަމަވެސް އެ ބިލު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
އެހެންނަމަވެސް ޕެންޝަން ފަންޑުން ފައިސާ ދޫކުރާކަށް ވިސްނުމެއް ނެތްކަމަށް މީގެކުރިންވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ޕެންޝަން ފަންޑުގައި އަތްލަން ނުޖެހޭކަމަށާއި، ޕެންޝަން ފަންޑުގައި އަތްލައިފިނަމަ އެޤައުމެއްގެ މާޒީ އެކީގައި ދިޔައީކަމަށްވެސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސްވަނީ ވިދާޅުވެފައެވެ.
އަދި ދަތިވާ ކޮންމެ ފަހަރަކު، ނުވަތަ ވަކި އެއްޗެއް ގަންނަން، ވަކި ކަމެއް ކުރަން ބޭނުންވުމުން ބައެއް ޕެންޝަން ފަންޑުގެ ފަހަތުން ދުވުން ހުއްޓާލަން ވެއްޖެކަމަށާއި، އެއަށް ވުރެ ބޮޑަށް މިހާރު ވެސް މަސައްކަތްކުރަން ޖެހިފައި ވަނީ އެ ފަންޑު ރަނގަޅުކޮށް، އޭގައި އަދިވެސް ގިނަ މީހުން ބައިވެރިކުރުންކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
އަދި މިހާރު ވެސް ޕެންޝަން ފަންޑުން ހޭދަތަކެއް ކުރެވޭކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ.




9 Responses
aharun ge laari aharun na neangi beynun kurevigen nuvaane
m
ބައްލަވާ ބޭފުޅާ ބޭނުން ވީމަ ޕެންޝަން ފަންޑު ފަހަތުން ދުވަނީ ނުވަތަ އެ ބޭޭނުން ވެގެން މި އުޅެނީ މިތާ ތިބި ބިދޭސީންނެއް ނޫނޭ.ތި ލާރި ކޮޅު ހޯދަން ބުރަ މަސައްކަތް ކުރި އޭގެ ހައްގު ވެރިންނޭ.ނަގުދު ފައިސާ ނުހުންނަނީ މިހާރުތަ؟؟ތިޔަ ސްކީމެއް ތައާރަފު ކޮށް އަމަލު ކުރަން ފެށުމުގެ ކުރިން ތިވާަކަ ބުނިނަމަ ތަންކޮޅެއް ތާހިރު ވީސް..އެއްމެނަށް ވެސް އިނގޭ އެމީހުން އަތުން ތިޔަ ސްކީމަށް ކެނޑީ ލާރި ކަން.ވަނދު ބަނބުކޭލެއް ނޫން ކަން ކެނޑީ އެއް..
ހުރިހާ ތަނެއް ދަވާލި ހުރިހާ އެއްޗެއް ދިރު ވާލި ވަގުންގެ ސަރުކާރުން ކުރަނީ ރައްޔިތުން ގެ ފައިސާ އިން ވައްކަން ގައުމުން ވައްކަން ހޮސްޕިޓަލް ވައްކަން ވައްކަން ވައްކަން ވައްކަން ލުޓުވަގެން ކާވަގުން ވައްކަން ހަމަ ބޮޑު ވައްކަން
މާތް ﷲ ގެ ދަރުބާރުގައި އަހުރެން ދަޢުވާ އުފުލާނަން. އަހުރެން ކުރި މަސައްކަތުގެ އުޖޫރަ އަހުރެންގެ ނުރުހުމުގައި މަޖުބޫރުކޮށްގެން ކެނޑުމުގެ ޙައްޤެއް އެކަކަށްވެސް ލިބިގެން ނުވޭ.
ކޮންތައްއަޔާއިހިށީއަފިރިންއަތުންނަގަނީ ރުފިޔާ ތިޔާއިތިބީ ގައު ރަގަޅަނުނީ
މީ ކޯއްޗެކޭ ކިޔާ މީހެއްތޭ؟
ޕެންޝަން ފަންޑުގައި ހުރީ ބިޓްކޮއިން ތޯއްޗެއް..
ހަމަ ހެޔޮކޮން ތިބުނީ. ހުސްކްރިޕްޓޯ ކުރީ