ގަވާއިދާ ޚިލާފަށް އުޅެމުންދާ 353 ބިދޭސީން ގައުމަށް ފޮނުވާލައިފި

ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އައި ބަންގްލަދޭޝްގެ 353 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މިމީހުން ފޮނުވާލާފައިވަނީ ދިވެހި ސަރުކާރުން ޗާޓަރުކޮށްފައިވާ ބަންގްލަދޭޝްގެ ބިމާން އެއަރގެ މަތިންދާބޯޓެއްގައެވެ. އަދި ބަންގްލަދޭޝްއިން ރާއްޖެއަށް ހިލޭ އެހީ ހިފައިގެން މިއަދު އައި އެގައުމުގެ އަސްކަރީ މަތިންދާބޯޓުގައި މާދަމާ އިތުރު 70 މީހުން އަނބުރާ ގައުމަށް ފޮނުވާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގައި މީގެ ކުރިންވެސް އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި 70 މީހަކު ބަންގްލަދޭޝްއަށް ފޮނުވާލާފައިވެއެވެ.

މިއީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ. ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތުގައި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިމަސައްކަތުގައި ދެގައުމުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ