މަޖިލިސް ކުރާގެ ކުރީގައި ހުންނަ ގޮތް - ފޮޓޯ: މަޖިލިސް

މަޖިލީސް ހާޒިރީގެ ފުލަށް މެންބަރު ޝީޔާމް އާއި މައުރޫފް

ނިމިގެން ދިޔަ ރައްޔިތުން މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވެފައިވާ މެންބަރުންގެ ތެރޭގައި އެމްޑިއޭއަށް ނިސްބަތްވާ 2 މެމްބަރުން ހިމެނިއްޖެއެވެ.

އެއީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފެވެ.

ބުދަ ދުވަހު އާންމު ކުރި ފަހު ދައުރުގެ ޖަލްސާތަކުގެ ހާޒިރީ ދައްކާ ގޮތުން ސިޔާމް އާއި މައުރޫފް މަޖިލީހަށް ވަޑައިގަތީ އެންމެ ދުވަހަކުއެވެ. ފަހު ދައުރުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވި މެމްބަރުންގެ ތެރޭގައި ސިޔާމް ހިމެނިފައިވާއިރު 19 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާ ކުރާ ޖަލްސާގެ ރިޔާސަތު ބަލެހެއްޓެވުމަށް ކަނޑައަޅާފައިވަނީ ވެސް އޭނާ އެވެ.

މީގެ އިތުރުން 5 ދުވަހު މަޖިލީހަށް ހާޒިރުވި މެމްބަރުންގެ ތެރޭގައި ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން އާއި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު އަދި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމް ހިމެނެއެވެ.

18 ވަނަ ރައްޔިތުން މަޖިލީހުގައި ފެބްރުއަރީ 7 އަކުން އޭޕްރިލް 29 އަށް ކުރިޔަށް ގެންދިޔަ ޖަލްސާތަކުގައި ހުރިހާ ޖަލްސާއަކަށް ހަމަޔަށް ވަޑައިގެންފައި ވަނީ އެންމެ 16 މެންބަރުންނެވެ.

ފަހު ދައުރުގެ ގިނަ ޖަލްސާތައް ފެށިފައިވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަނޑިއަށްވުރެ ލަހުންނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް