މިމަހު 23 ގެ ކުރިން މީޓަރުގެ ފޮޓޯ ނުފޮނުވިއްޔާ ލިބޭނީ އެވްރެޖް ބިލެއް ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އކުންފުނިން އެދިފައިވާގޮތަށް މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ރީޑިންގ ނެގުމަށް މީޓަރުގެ ފޮޓޯ ވެބް ޕޯޓަލް މެދުވެރިކޮށް ނުފޮނުވޭ ފަރާތްތަކަށް ލިބިލައްވާނީ އެވްރެޖް ބިލެއް ކަމުގައިކަމަށެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި މި ހިނގާ މެއި މަހުގެ ކަރަންޓް ބިލް ތައްޔާރު ކުރުމަށްޓަކައި މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން މީޓަރުގެ ފޮޓޯ ފޮނުވައި ދިނުމަށް ސްޓެލްކޯއިން އެދިލައްވައިފައިވަނީ ސްޓެލްކޯއިން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
މިކުންފުނިން އެދިފައިވާގޮތަށް މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ރީޑިންގ ނެގުމަށް މީޓަރުގެ ފޮޓޯ ވެބް ޕޯޓަލް https://t.co/O8m4Vlylta މެދުވެރިކޮށް ނުފޮނުވޭ ފަރާތްތަކަށް ލިބިލައްވާނީ އެވްރެޖް ބިލެއް ކަމުގައި ދަންނަވަން. pic.twitter.com/0MZWQ9Nnbz
— STELCO (@STELCOMALDIVES) May 17, 2020
ސްޓެލްކޯ އިން އިއްޔެ ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި މީޓަރުގެ ރީޑިންގ ނަގަން ގޭގެއަށްވަދެ އުޅުމަކީ ގޭގޭގައި އުޅޭ ފަރާތްތަކަށާއި އެ ކުންފުނީގެ މުވައްޒަފުންނަށްވެސް ރައްކާތެރި ގޮތެއް ނޫންކަމަށެވެ. އެހެން ކަމުން ނިމިދިޔަ އެޕްރީލް މަހުވެސް ރީޑިންގ ނަގާފައި ވާނީ މީޓަރުގެ ފޮޓޯ ފޮނުވައިގެން ކަމުގައި ސްޓެލްކޯ އިން ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯ އިން ވިދާޅުވެފައިވަނީ ކޮވިޑް އާއި ގުޅިގެން މާލެ ސަރަހައްދުގެ ހާލަތު މިވަގުތު އިތުރަށް ގޯސްވެފައިވާތީ، މި ހިނގާ މެއި މަހުވެސް ބިލް ތައްޔާރު ކުރުމަށްޓަކައި، މީޓަރުގެ ފޮޓޯ މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް އެދޭކަމަށެވެ. އެގޮތުން ފޮޓޯ ފޮނުވުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ފޮޓޯ ފޮނުވުމުގެ ބަދަލުގައި ވެބް ޕޯޓަލް ބޭނުން ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން އެކުންފުނިން ވަނީ މި ޚާއްސަ ހާލަތުގައި ބިލަށް ފައިސާ ދެއްކުމަށް އެކުންފުނީގެ އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރެއްވުމަށް އެދިލައްވާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ސަރުކާރުންވަނީ އޭޕްރިލް މަހާއި މެއި މަހުގެ ފެނާއި ކަރަންޓް ބިލް ކުޑަކުރަން ނިންމާފައެވެ. އެގޮތުން އޭޕްރިލް މަހާއި މެއި މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ފެން ބިލުން 30 އިންސައްތަ ކަނޑާދޭން ސަރުކާރުންވަނީ ނިންމާފައެވެ.




4 Responses
kuree mahuves fonuvin.. akamaku foto akaa behay ves bill ehnoon fonuvee
Aharen kihiney fonuvani. Aharen bangaalhi meeha. Aharen nukani. Badhu tadhuvani. Rashadhaan beynun vani. Bathiphone hun nanee
Birudhananee tho
ފޮޓޯ ނުފޮނުވައިފިއްޔާ ކިހާ ބޮޑެއް ކޮށްލަން ކެރޭނެތޯ