ބަދިގެތެރޭން – ސަބްމެރިން ކުރީމް

ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ސަބްމެރިން ކުރީމް ތައްޔާރުކުރާނެގޮތެވެ.

ބޭނުންވާންނެ ތަކެތި:

  • މެދު ސައިޒުގެ ފިޔައެއްގެ 1/4 އެއްބައި
  • މެދު ސައިޒުގެ 3 ލޮނުމެދު
  • 2 މަތިގަނޑު ވިނަގަރ
  • 3 ތިކި މަސްޓަޑް ކުރީމް
  • 1/2 ސަމުސާ ހަކުރު (މޭޒުމަތީ ސަމުސާ)
  • ކުޑަ ލޮނުކޮޅެއް
  • 1 ޖޯޑް ތެޔޮ
  • 2 ކުކުޅު ބިހުގެ ރީދޫބައި
  • 3 ފޮތި ޗީޒް (ސްލައިސް)

ތައްޔާރުކުރާނެ ގޮތް:

ތެލާއި، ޗީޒް ފިޔަވައި ހުރިހާ އެއްޗެއް މިކްސަރަށް އެޅުމަށްފަހު ހިމުންވަންދެން ޖައްސާލާށެވެ. އެއަށްފަހު ތެޔޮ ޖޯޑު މަދުމަދުން އަޅަމުން މިކްސަރުން އެއްކުރަމުންދާށެވެ. ދެން ކްރީމްގަނޑު ތަށްޓަށް އެޅުމަށްފަހު މެލްޓްކުރި ޗީޒް އޭގެތެރެއަށް އެއްކޮށްލާނީއެވެ.

މިލިޔުން ކިޔާލުމުން
1811
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ