ވިލިވަރު ކަރަންޓީން ފެސިލިޓީ

ވިލިވަރު ކަރަންޓީން ފެސިލިޓީ ފޭސް ދެއެއްގެ މަސަައްކަތް ނިންމާލައިފި

ވިލިވަރު ކަރަންޓީން ފެސިލިޓީގެ ފޭސް ދެއެއްގެ މަސަައްކަތް ނިންމާލައި އެންޑީއެމްއޭ އަދި އެމްއެންޑީއެފް އާއި ހަވާލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ފެނަކަ މުވައްޒަފުން ގުޅިގެން ކުރިޔަށް ގެންދިޔަ މި ޕްރޮޖެކްޓު ނިންމާލާފައިވަނީ 14 ދުވަހުން ކަމަށް މި ނޫހަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާހިމް ފަރްހަދު ވިދާޅުވި އެވެ. ވިލިވަރުގެ ކަރަންޓީން ފެސިލިޓީ ހެދުމަށް ފެނަކައިގެ 37 މުވައްޒަފުން ހަރަކާތްތެރިވެފައިވެއެވެ.

ވިލިވަރު ކަރަންޓީން ފެސިލިޓީގެ ފޭސް 2 ނިމުމާއިއެކު މިހާރު 218 އެނދާއި 20 ފާހާނާ އާއި 29 ފެންވަރާ މާގަނޑާއި 30 ސާރވިސް ސްޓާފް ރޫމް ހުންނާނެ ކަމަށް ފަރްހަދު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ސިއްޙީ ފަރުވާ ދޭ ތަނަކާއި ސައި ކޮޓަރިއެއް ހުންނާނެ ކަމަށްވެސް ފަރްހަދު ވިދާޅުވިއެވެ.

ވިލިވަރު ކަރަންޓީން ފެސިލިޓީގެ ނިދާ އެނދުތައް

ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު މީގެ ކުރިން ވިދާޅުވެފައިވަނީ މިމަސައްކަތުގައި ޓޫރިޒަމްގެ ޓްރަސްޓް ފަންޑުންނާއި ވަކިން ޚާއްސަކޮށް މަޓީއާއި އެހެނިހެން އެސޯސިއޭޝަންސް ތަކުން މިކަމަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށެވެ. އަދި ސަރުކާރުން ވަނީ މި މަސައްކަތަށް ވިލިވަރު 6 މަސް ދުވަހަށް ނެގުމަށް ނިންމާފައިކަމަށާއި މިކަމުގައި މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް އެރަށް ސަރުކާރަށް އެއްވެސް އިތުރު އަގަކާއި ނުލައި ހަދިޔާ ކޮށްދެއްވުމަށް ނިންމާފައިވާކަމަށް ޢަލީ ވަޙީދު ވަނީ ވިދާލުވެފައެވެ.

ވިލިވަރު ކަރަންޓީން ފެސިލިޓީގެ ފާހާނާތައް

ކުރިން ވިލިވަރުގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގެ ޖާގަ އަކީ 30 މީހުންގެ ޖާގައެވެ. މިދިޔަ އެޕްރީލް މަހު ވިލިވަރު ކަރަންޓީން ފެސިލިޓީގައި ވަނީ އަލިިފާނުގެ ހާދިސާއެއްވެސް ހިނގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ