ސަމާލުވޭ: 60 މޭލަށް ވައިގަދަވެ، އުތުރަށް ޔެލޯ އެލާޓް ނެރެފި

60 މޭލަށް ވައިގަދަވެ، މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާއި ހަމައަށް މިރޭ 20:30 އިން ފެށިގެން ދަންވަރު 00:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ. އަދި މި ސަރަހައްދަށް އާންމު ގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

ކުރިއަށްއޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓްއޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަދި ދެކުނާއި މެދު ތެރޭގެ ބައެއް ރަށްތަކަށް ގުގުރާ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ.

“ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވޭ.” މެޓްއޮފީހުން ވިދާޅުވިއެވެ.

މީގެއިތުރުން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާކަމަށާއި، ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ