އެކްޓަރު "ނަވާޒުއްދީން" ގެ އަންހެނުން ވަރިވާން އެދިއްޖެ!

ބޮލީވުޑްގެ އެކްޓަރު "ނަވާޒުއްދީން ސިއްދީޤު" ގެ އަންހެނުން އާލިޔާ ސިއްދީޤު އޭނަގެ ކިބައިން ވަރިވާން އެދިއްޖެކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ. މި ދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ 10 އަހަރު ވެއްޖެއެވެ.

މީގެ ކުރިން ޒީ ނިއުސް އަށް ދިން އިންޓަވިއުއެއްގައި އާލިޔާ ވަނީ، އެދެމަފިރިންގެ ދެމެދުގައި މައްސަލަތަކެއް ޖެހިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އެއީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމުގައި ބުނެފައިވިޔަސް، ޖެހުނީ ކޮން މައްސަލައެއްކަމެއް ސީދާ ކިޔައިދީފައެއް ނުވެއެވެ.

އާލިޔާ މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ދެމަފިރިންގެ ދެމެދުގައި މައްސަލަތަކެއް އުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އަދި މައްސަލަޖެހެނީ، ނާވާޒް އާއި ނަވާޒް ގެ ބޭބެގެ ސަބަބުންކަމުގައިވެސް ބުނެފައިވެއެވެ. އަދި އޭރު ދެމީހުންގެ ގުޅުމާމެދު ގޮތެއް ނުނިއްމިޔަސް، މިހާރު އާލިޔާ ބޭނުންވަނީ ނަވާޒް ގެ ކިބައިން ވަރިވާންކަމަށް ޙަބަރުތަކުގައި ބުނެފައިވެއެވެ.

އެގޮތުން ނަވާޒްގެ ކިބައިން ވަރިވުމަށް އެދި ލީގަލް ނޯޓިސް ފޮނުވައިފައިވާކަން އާލިޔާގެ ވަކީލުވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް ނަވާޒް ގެ ކިބައިން އެޔަށް އެއްވެސް ރައްދެއް ލިބިފައިނުވާކަމަށް އޭނާ ފާހަގަކުރިއެވެ.

އާލިޔާގެ ވަކީލު ބުނިގޮތުގައި، މި މަހުގެ 7 ވަނަ ދުވަހު ނަވާޒް އަށް ލީގަލް ނޯޓިސް ފޮނިވީ އޭނަގެ އީމެއިލްއަށާއި އަދި ވަޓްސް އެޕަށެވެ. އީމެއިލް އަދި ވަޓްސް އެޕް އިން ނޯޓިސް ފޮނުވީ، ކޮވިޑް-19 އާއި ގުޅިގެން ސްޕީޑް ޕޯސްޓުން ފޮނުވެން ނެތީމާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް ނަވާޒް ގެ ކިބައިން މިޔަށް ޖަވާބެއް ލިބިފައިނުވާކަމަށް އޭނާ ބުންޏެވެ.\

ނަވާޒް މިވަގުތު ހުރީ ކަރަންޓީނުގައި އޭނަގެ އުފަން ބިން "އުއްތަރު ޕްރަދޭޝްގެ ބުދާނާ" ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ