ލަކްޝްމަން އުޓޭކަރު ޑައިރެކްޓްކުރާ ފިލްމް "މިމީ" އަށް އެކްޓްރެސް ކްރިތީ ސެނޮން 15 ކިލޯ ބަރުކުރިކަން އިނގޭ ހެއްޔެވެ؟. ކްރިތީ ބުނީ، މިއީ ކެރިއަރުގެ އެންމެ ހާއްސަ ފިލްމު ކަމަށެވެ.
ފިލްމަށް ބަރުދަން ލުއިކުރި ވާހަކަ ކިޔައިދެމުން ކްރިތީ ބުނީ، ފިލްމްގައި ނަގަން ޖެހޭ ބަނޑުބޮޑޫ މަންޒަރެއް ނެގުމަށް ޑައިރެކްޓަރު ބޭނުންވީ އޭނާ ފަލަކޮށް ހުންނަން ކަމަށެވެ. އެހެންކަމުން ބަރުދަން ބަރުކުރަން ކޮންމެހެންވެސް އޭނާ މަޖުބޫރުވިކަމަށެވެ. އަދި ކުއްލިއަކަށް ބަރުދަން ބަރު ކުރުން ގޮންޖެހުމަކަށް ވީކަމުގައިވިޔަސް،. އެކަމަކު އޭނާހުރި ހަށިގަނޑަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ތައްޔާރުވެގެން ކަމަށް ބުންޏެވެ.
އެގޮތުން އެދުވަސްވަރު ކަސްރަތު ކުރުން އެއްކޮށް ހުއްޓާލިކަމަށާއި، ކެލޮރީ އެކުލެވޭ އެއްޗެހި ގިނައިން ކާން ފެށިކަމަށްވެސް ކްރިތީ ބުންޏެވެ. އަދި މާގިނައިން ކާން ފެށުމުން ކާއެއްޗެހި މަތިން ފޫހިވިކަމުގައިވެސް އޭނާ ބުންޏެވެ.
މި ފިލްމްގެ ޝޫޓިން ގާތްގަނޑަކަށް ނިމިފައިވާއިރު، ކޮރޯނާވައިރަހާ ހެދި ސިނަމާތައް ބަންދުކުރަން ޖެހުމުން ފިލްމް އެޅުވުން ވަނީ ލަސްކޮށްފައެވެ.
މި ފިލްމްގައި ކިޔައިދެނީ، އެކްޓްރެސް އަކަށްވާން ބޭނުންވާ މަންދަވާގެ ޒުވާން ނެށުންތެރިއެއްގެ ވާހަކައެވެ. އަދި އޭނާ އޭނާ ދެމަފިރިއެއްގެ ސަރޮގޭޓަކަށްވާ ވާގޮތެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ފެނިގެންދާނެއެވެ.
ކްރިތީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، ކޮމެޑީ ފިލްމް ހައުސްފުލް 4 ގައެވެ.




